ނާޒިމް ވެސް ކެންޑިޑެސީ ފޯމް ހުށަހަޅުއްވައިފި

ރިޔާސީ އިންތިޚާބަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އިން ނުކުންނަވާ ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމްގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

އާދިއްތަ ދުވަހު އެ ފޯމް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގާ ހަވާލުކުރެއްވީ، ކެންޑިޑޭޓް ނާޒިމެވެ. ނާޒިމްގެ ރަނިންމޭޓް ޑރ. އަޙްމަދު އަދީލް ނަސީރާއި އެ ޕާޓީގެ އިސް ބޭފުޅުން އީސީގެ އިންތިޚާބާ ބެހޭ މަރުކަޒަށް ވަޑައިގަތެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

ސިފައިންގެއަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ނާޒިމް ވަނީ ދެ ދައުރެއްގައި ޑިފެންސް މިނިސްޓަރުގެ މަގާމު ވެސް އަދާކުރައްވާފައެވެ. އޭނާގެ ރަނިންމޭޓް ޑރ. އަދީލަކީ ތައުލީމީ ދާއިރާގެ ބެކްގްރައުންޑެއް އޮތް ބޭފުޅެކެވެ. ނަވާރަ ވަނަ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާއަށް އޭނާ އަމިއްލަ ގޮތުން ވާދަ ވެސް ކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.