އިންތިޚާބުގައި ވާދަ ކުރުމަށް ރައީސް ޔާމީންގެ ޝަރުޠު ހަމަ ނުވާކަމަށް ސްޕްރީމް ކޯޓުން ޙުކުމްކޮށްފި!

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނު ވާދަކުރެއްވުމަށްޓަކައި އިލެކްޝަންސް އަށް ފޯމު ހުށަހެޅުމުން، އެމަޤާމަށް ކުރިމަތި ލުމަށް ރައީސް ޔާމީނުގެ ޝަރުޠު ހަމަ ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ރަނގަޅަށް ކަމަށް ސްޕްރީމް ކޯޓުން ދާދި ދެންމެ ޙުކުމްކޮށްފިއެވެ.

މިގޮތަށް ޙުކުމްކޮށްފައިވަނީ، އިލެކްޝަންސް އިން ރައީސް ޔާމީނުގެ ކެންޑިޑަސީ ބަލައި ނުގަތް މައްސަލަ ރައީސް ޔާމީންގެ ފަރާތްޕުޅުން ސްޕްރީމްކޯޓަށް ހުށަހެޅުމުން އެމައްސަލައިގައި ގޮތް ނިންމުމަށް މިއަދު ބޭއްވި ޝަރީޢަތުގައެވެ. އަދި މިޙުކުމް އިއްވާފައިވަނީ ފަނޑިޔާރުންގެ ބެންޗުގެ ހުރިހާ ފަނޑިޔާރުންގެ އިއްތިފާޤުންނެވެ.

އިޝްތިހާރު Below Header ad

ސްޕްރީމްކޯޓުން މިމައްސަލައިގެ ޙުކުމް ކުރުމުގެ ކުރީން އިއްވި ބަޔާނުގައި ބުނެފައިވަނީ، ރައީސް ޔާމީނުގެ މައްޗަށް ޙުކުމެއްގެ ގޮތުން އައިސްފައިވާ ޖޫރިމަނާ އަކީ ދަރަންޏެއް ކަމަށާއި، ރައީސް ޔާމީނުގެ ފަރާތުން ހުށަހެޅި ޤަޒިއްޔާތަކަކީ ރައީސް ޔާމީނުގެ މައްސަލައާއި އެއްގޮތް ކުރެވެން ހުރި ޤަޒިއްޔާތަކެއް ނޫންކަމަށެވެ. އަދި ރައީސް ޔާމީންގެ ފަރާތުން އެދިލެއްވި ގޮތަށް ޤާނޫނު މާނަ ކުރާނެ ޖާގައެއް މިމައްސަލައިގައި ކަން އޮތް ގޮތަށް ބަލާއިރު ނެތްކަމުގައެވެ.

މިގޮތުން ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔު އިއްވަވަމުން ވިދާޅުވީ، ސާބިތު ދަރަންޏަކީ ކޮބައިކަން ގާނުން އެނގޭތީވެ، ރައީސް ޔާމީން ދައްކަވަން ޖެހޭ ޖޫރިމަނާ ދައްކަވާފައި ނުވާތީ އެއީ ސާބިތު ދަރަންޏެއް ކަމުގައި އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުން ރަނަގޅު ކަމުގައެވެ.

ހުސްނުއްސުއޫދުގެ ރައުޔުގައި ވިދާޅުވީ، ޔާމީންގެ ކުށުގެ ރެކޯޑަށް ބެލުމުން، 11 އަހަރުގެ ހުކުމެއް ތަންފީޒު ކުރަމުންދާކަން އެނގެން އޮތުމުން ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ ޅ.ގައިވާ ގޮތުގެ މަތިން އެމަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަނެވޭނެ ކަމަށް އީސީން ނިންމާފައި ވަނީ ރަނގަޅަށް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. ހުސްނުއްސުއޫދު ވިދާޅުވީ އީސީގެ ނިންމުނަށް ތާއިދު ކުރައްވާ ކަމަށެވެ. ދެން ތިއްބެވި ހުރިހާ ފަނޑިޔާރުން (7 ފަނޑިޔާރުން) ވެސް ފަނޑިޔާރު ހުސްނުއް ސުއޫދުގެ ރައުޔަށް ތާއީދު ކުރެއްވި އެވެ.

މިޙުކުމާއި އެކު ދެން އިތުރަށް ރައީސް ޔާމީނަށް މިދައުރުގައި ރިޔާސީ އިންތިޚާބަށް ވާދަ ކުރުމުގެ ފުރުސަތު ލިބިގެނެއް ނުދާނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.