![original 1690871364296 jpeg](/wp-content/uploads/2023/08/original_1690871364296-jpeg.webp)
ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު ހުށަހަޅައިފި
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު، އިލެކްޝަންސް ކޮމިޝަން(އީސީ)އަށް މިއަދު ހުށަހަޅައިފިއެވެ.
ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު އީސީއާ ހަވާލު ކުރެއްވީ އެމަނިކުފާނުގެ އިންތިހާބީ އެޖެންޓް، މުހައްމަދު ތޮލާލްއެވެ. އެ ފޯމު ހުށަހެޅުމަށް ޕީޕީއެމް-ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުންގެ އިތުރުން، ސެނެޓަރުން ވެސް، އީސީއަށް ވަޑައިގެންނެވިއެވެ.
އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހެޅުމަށް ބޭއްްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ގާނޫނުގައި ބުނާ 48 ގަޑިއިރުގެ ކުރިން ކެންޑިޑޭސީއާ މެދު ގޮތެއް ނިންމައި 24 ގަޑިއިރު ފުރިހަމަވުމުގެ ކުރިން ޖަވާބު ދެއްވާނެ ކަމަށެވެ.