
ވެލިދޫ ސޮކަރކަޕް 2023 : ފަސްވަނަ ވަނަމެޗު ފަސާހަކަމާއެކު ލަފޯރޒާ ކަމިޔާބުކޮށްފި
މިނިވަން ދުވަހުގެ މުނާސަބަތުގައި ވެލިދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރ އަދި ވެލިދޫ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ވެލިދޫ ސޮކަރކަޕް 2023 ގެ ފަސްވަނަ މެޗު ލަފޯރޒާ ފަސޭހަކަމާއެކު ކާމިޔާބުކޮށްފިއެވެ.
ލަފޯރޒާ މިމެޗު ކާމިޔާބުކޮށްފައިވަނީ ޕަވަރޕަފް ބޯއީޒްއާ ވާދަކޮށް 3-0 ލަނޑުންނެވެ.
މިމެޗުގައި ލަފޯރޒާގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އެމްޑީ ރަޒާއުލް، އަލީ އަހުސާން އަދި މުހައްމަދު އަލިފުޅުއެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ލަފޯރޒާގެ ޖޯޒީ ނަންބަރު 8 މުހައްމަދު އަލިފުޅުއެވެ.
މިމުބާރާތުގެ މެޗެއް މިއަދުވެސް ކުޅޭނެއެވެ. މި މެޗުގައި ބައްދަލު ކުރާނީ ތާވަލުގެ އެއްވަނައިގައި އޮތް ރަދުން އެފްސީ އާއި ތާވަލުގެ ދެވަނައިގައި އޮތް އައިލެންޑާރސް އެފްޓީއެވެ.
މި މުބާރާތުގައި ވާދަކުރާ ޓީމް ތަކަކީ އައިލެންޑާރސް އެފްޓީ، އައިކޮނިކް، ރަދުން އެފްސީ، ޕަވަރޕަފް ބޯއީޒް އަދި ލަފޯރޒާ އެވެ.