ކްލަބް މޯލްޑިވްސް ކަޕް: އެމްޕީއެލް، ވެމްކޯ އަދި އާބަންކޯ ދެވަނަބުރު ޔަގީންކޮށްފި!

ކްލަބް މޯލްޑިވްސް ކަޕް 2023 ކުރިއަށް މިހާރު ހިގަމުން ދާއިރު މުބާރާތުގެ ދެވަނަ ބުރު ކުޅުނު ދެމެޗުންވެސް މޮޅުވެ އެމްޕީއެލް، ވެމްކޯ އަދި އާބަންކޯ ޔަގީންކޮށްފިއެވެ.

އެމްޕީއެލް ދެވަނަ ބުރު ޔަގީންކުރީ ކުޅުނު ދެމެޗް ކަމަކަށްވާ އެލައިޑް އަދި ކްލަބް ޓީޓީއެސްއާއި ވާދަކޮށް ތަފާތު ބޮޑު ނަތީޖާތަކަކުންނެވެ. އެލައިޑް ކޮޅަށް 5 ލަނޑު ކާމިޔާބު ކުރިއިރު ކްލަބް ޓީޓީއެސް ކޮޅަށްވަނީ 10 ލަނޑު ޖަހާފައެވެ.

އިޝްތިހާރު Below Header ad

މުބާރާތުގައި މިދިޔަ އަހަރުވެސް މޮޅުކުޅުމެއް ދެއްކި ވެމްކޯ ދެވަނަ ބުރު ޔަގީންކޮށްފައިވަނީ އެފްއެސްއެމް އަތުން 3 – 2 އިން މޮޅުވެ އަދި އާރްއޯއެލް އަތުން 6- 0 އިން މޮޅުވެގެންނެވެ.

މިފަހަރުގެ މުބާާރާތުގެ ފެވަރިޓްސް ކަމަށް ގިނަބަޔަކު ދެކޭ އާބަންކޯ ދެވަނަ ބުރު ޔަޤީންކޮށްފައިވަނީ އެމްއޭސީއެލް އަތުން 3 – 2 މޮޅުވެ އަދި ކްލަބް އިމިގްރޭޝަން 4 -0 މޮޅުވެގެންނެވެ.

އޮފީސްތަކައް ހުޅުވާލައިގެން ކުރިއަށްދާ މި މުބާރާތް ނިމޭނީ އަންނަމަހު 25 ގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.