މުސްތަފާ ލުތުފީއަށް ނިޝާން ދިޔަމިގިލީގެ އިއްޒަތް އަރުވައިފި

ދައުލަތުން ދޭ ދެވަނައަށް އެންމެ މަތީ އިއްޒަތް ކަމަށްވާ ނިޝާން ދިޔަމިގިލީގެ ޝަރަފުގެ އިއްޒަތް ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީއަށް ސަރުކާރުން މިއަދު އަރުވައިފި އެވެ.

މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރަން ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި ޖަލްސާގައި ޑރ.މުސްތަފާ އަށް އެ އިއްޒަތް އެރުއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

އިޝްތިހާރު Below Header ad

އައްޑު ސިޓީއަށް އުފަން މުސްތަފާ ލުތުފީ ދައުލަތަށް ހިދުމަތްކުރައްވާތާ މިހާރު 46 އަހަރު ވެއްޖެ އެވެެ. އޭނާ ދައުލަތަށް ހިދުމަތް ކުރައްވަން ފެށްޓެވީ އެޑިއުކޭޝަނަލް ޕްރޮޖެކްޓް އޮފީހުގެ ޓީޗާ އެޑިއުކޭޓަރެއްގެ ގޮތުގައި 31 ޖެނުއަރީ 1977 ގަ އެވެ.

އޭނާ ކުރެއްވި މުހިއްމު މަސައްކަތްތަކުގެ ތެރޭގައި
* ތާނަ ޓައިޕް ރައިޓަރު އުފެއްދުމަށް ޓަކައި ރާއްޖޭގައި އެންމެ ފުރަތަމަ ކުރި ދިރާސާގެ މަސައްކަތް
* ޓީޗަރުން ތަމްރީނުކުރުން
* މާއްދާއެއްގެ ގޮތުގައި ދިވެހި ބަސް ކިޔަވައިދޭނެ ފޮތްތައް ލިއުއްވުން
* އަތޮޅުތަކުގައި ފުރަތަމަ ގާއިމްކުރި ކޮމިއުނިޓީ ސްކޫލްތަކުގެ ފެންވަރު މަތިކޮށް، އަތޮޅު ތައުލީމީ މަރުކަޒުތަކަށް ބަދަލުކުރުން

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.