މުދައްރިސުންގެ ލައިސަންސު ދޫކުރުމަށް ފީއެއް ނަގަނީ!

މުދައްރިސުންގެ ލައިސަންސު ދޫކުރުމަށް ފީއެއް ނަގަނީ!

މިއަދު ޢަޢްމުކޮށްފައިވާ މުދައްރިސުން ރަޖުސްޓްރީކޮށް ލައިސަންސް ދިނުމުގެ ޤަވާޢިދުގައިވާ ގޮތުން އެކަމަށްޓަކައި ޓީޗަރުން އަތުން ފީއެއް ނަގާނެއެވެ.
އެގޮތުން، ލައިސަންސް ދޫކުރުމާއި، ލައިސަންސްގެ ރޭންކު ބަދަލުކުރުމަށް ކަނޑައަޅާފައިވަނީ 400 ރުފިޔާގެ ފީ އެކެވެ. އަދި ކިޔަވައިދިނުމުގެ ވަގުތީ ލައިސަންސާއި، ޕްރޮވިޝަނަލް ޓީޗިންގެ ލައިސަންސް ދޫކުރުމަށްޓަކައި 200 ރުފިޔާގެ ފީއެއް ވަނީ ކަނޑައަޅާފައެވެ.

އިޝްތިހާރު Below Header ad

މީގެ އިތުރުން ލައިސެންސު ބާޠިލު ކުުރުމާއި ސަސްޕެންޑު ކުރެވޭ ގޮތަށް ހަރުކަށި އުސޫލުތަކެއް މިޤަވާޢިދުގައި ވަނީ ކަނޑައަޅާފައެވެ.

ދަރިވަރެއްގެ ސަލާމަތާއި ރައްކައުތެރިކަމާއި ކަރާމާތަށް އުނިކަމެއް އަތުވެދާނެފަދަ ޢަމަލެއް ކުރިކަމުގެ ތުހުމަތުގައި ނުވަތަ މުޖުތަމަޢުގެ އަމަންއަމާންކަން ގެއްލޭފަދަ ޢަމަލެއް ކޮށްފިނަމަ ލައިސަންސް ހިފެހެއްޓުމުގެ ބާރު ޓީޗަރސް ރަޖިސްޓްރޭޝަން ބޯޑަށް މިޤަވާޢިދުގެ ދަށުން ވަނީ ލިބިދީފައެވެ.

ވަރަށްފަހުން ސަރުކާރުން ވަނީ، ސަރުކާރު ބަދުނާމުވާ ގޮތަށް އަމަލުކުރުން މަނާކޮށް، މުދައްރިސުންގެ ސުލޫކީ މިންގަނޑެއް ފުރަތަމަ ފަހަރަށް އެކުލަވާލާފައެވެ. މި ސުލޫކީ މިންގަނޑުގެ ސަބަބުން އަސާސީ ޙައްޤުތަކެއް ގެއްލޭ ކަމަށް ބުނެ ޓީޗަރުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.