ފުނަދޫ ހޮސްޕިޓަލުގެ އާ އިމާރާތް އަޅަން ބަޔަކާ ހަވާލުކޮށްފި

ށ.ފުނަދޫ ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތް ކުރުމަށް ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

540 ދުވަހުން ނިންމާ ގޮތަށް މި މަސައްކަތް ކުރުމަށް ހަވާލުކުރީ ސިތުރަމާސް ހެވީ އިންޑަސްޓްރީސްއާއި ފްލެކްސްއިންކް ޕްރައިވެޓް ލިމިޓެޑަށެވެ.

އިޝްތިހާރު Below Header ad

މި މަސައްކަތުގެ ޖުމްލަ 135،877،224.39 ރުފިޔާ (ސަތޭކަ ތިރީސްފަސް މިލިއަން އައްސަތޭކަ ހަތްދިހަ ހަތްހާސް ދުއިސައްތަ ސައުވީސް ރުފިޔާ ތިރީސް ނުވަލާރި) ހޭދަވާނެއެވެ.

ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ރަށްރަށުގައި ހޮސްޕިޓަލްތައް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. ލ. ގަމުގައި ޓާޝަރީ ހޮސްޕިޓަލަކާއި ގދ. ގައްދޫގައި ހޮސްޕިޓަލެއް ހެދުމުގެ އަމަލީ މަސައްކަތް އަންނަ މަހު ފަށަން އަންނަނީ ތައްޔާރުވަމުންނެވެ. އަދި ބ. ތުޅާދޫގައި ހަދާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މިއަދު ފަށާފައިވެ އެވެ.

ކުވައިތު ފަންޑުގެ އެހީގައި ހަތް ރަށެއްގައި ހޮސްޕިޓަލު އިމާރާތްކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. އެއީ، ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، ކ. ތުލުސްދޫ، އދ. މާމިގިލި، ވ. ފެލިދޫ އަދި ތ. ވިލުފުށީގައި ހޮސްޕިޓަލް ހެދުމަށެވެ. އެ މަސައްކަތް ކޮންޓްރެކްޓަރާ ވަނީ ހަވާލުކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.