ހަނިމާދޫ ފުޓުސަލް ޓާރފްދަނޑު މަރާމާތު ކުރުމަށް ބޭނުންވާ ސާމާނު ސަޕްލައި ކޮށްދިނުމަށް ބަޔަކާ ހަވާކުކޮށްފި

ހަނިމާދޫ ފުޓުސަލް ޓާރފްދަނޑު މަރާމާތު ކުރުމަށް ބޭނުންވާ ސާމާނު ސަޕްލައި ކޮށްދިނުމަށް ބަޔަކާ ހަވާކުކޮށްފިއެވެ.

މިޕްރޮޖެކްޓްގެ ދަށުން ފުޓުސަލް ދަނޑުގައި އެޅުމަށް ބޭނުންވާ ގްރާސް ޓާރފް، ސިލިކާ ސޭންޑް، ޓާރފް ހިއްޕުމަށް ބޭނުންވާ އެޑެސިވް ޓޭޕް ސަޕްލައި ކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.

އިޝްތިހާރު Below Header ad

މިމަސައްކަތް 7 ދުވަސްތެރޭ ނިންމަން ހަވާލު ކޮށްފައިވަނީ “މޯލްޑިވްސް އެޝުއަރ ސަޕްލައި” އަށެވެ. މި ޕްރޮޖެކްޓަށް ހަނިމާދޫ ކައުންސިލުގެ ބަޖެޓުން ހަތަރުލައްކަ ސާޅިސް އެއްހާސް އެއްރުފިޔާ އަށްޑިހަ ލާރި ހަރަދު ކުރެއެވެ.

މި އެއްބަސްވުމުގައި ހަނިމާދޫ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ހަނިމާދޫ ކައުންސިލްގެ މެންބަރު އަލީ އިބުރާހްއެވެ. މޯލްޑިވްސް އެޝުއަރ ސަޕްލައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މަސްއޫލުވެރިޔާ މުސްތަފާ މުހައްމަދުއެވެ.

4 ވަނަ ދައުރުގެ ހަނިމާދޫ ކައުންސިލަކީ ކުޅިވާރާ ތައުލީމަށް އަދި އުމުރާނީ ތަރަގީގެ ކަންތައްތަކުގައި ބޮޑެތި ހޭދައެއް ކުރަމުންދާ ކައުންސިލެއްކަން ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.