ގޭސްފުޅިއެއް ގޮވައި އަނިޔާވި މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެނީ

މާލޭގެ ގެއެއްގައި ގޭސްފުޅިއެއް ގޮވި ހާދިސާގައި އަނިޔާވި މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

މިމީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ. އަލިފާނުގެ މިހާދިސާ ހިނގާފައިވަނީ މ.ދިއްލިވިލާ ގޭގައެވެ.

އިޝްތިހާރު Below Header ad

އެމްއެންޑީއެފްއިން ބުނީ މިހާދިސާއަކީ ގޭސް ލީކުވެފައި ހުއްޓާ އުނދުން ރޯކުރަން އުޅުމުގެ ތެރޭގައި ހިނގާފައިވާ ހާދިސާއެއް ކަމަށް ބެލެވޭކަމަށެވެ.

އެންމެ ފަހުން މިފަދަ ހާދިސާއެއް ހިނގާފައިވަނީ ރ.މަޑުއްވަރީގައެވެ. އެހާދިސާގައި އަނިޔާވި އިންޑިއާގެ ނަރުސް މީހާގެ 40 އިންސަތަ ފިހި އިތުރު ފަރުވާ ހޯދުމަށް އިންޑިއާއަށް ވަނީ ފޮނުވާލާފައެވެ.

މިފަދަ ހާދިސާތައް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަނީ ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ރަނގަޅަށް ނޭޅޭތީ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.