އެއް ކެނޑިޑޭޓަކު ނެރެން ޖޭޕީ، އެމްއެންޕީ އަދި ޑިމޮކްރެޓްސްއިން އެއްބަސްވެއްޖެ

ރިޔާސީ އިންތިޚާބުގައި ޖޭޕީ، އެމްއެންޕީ އަދި ޑިމޮކްރެޓްސްއިން ގުޅިގެން އެއް ކެނޑިޑޭޓަކު ނެރުމަށް އެއްބަސްވެއްޖެއެވެ.

މި 3 ޕާޓީން މިކަން އިއުލާންކުރީ މިއަދު ޖުމްހޫރީ ޕާޓީގެ އޮފީހުގައި ބޭއްވި މަޝްވަރާ ބައްދަލުވުމަކަށްފަހުއެވެ.

އިޝްތިހާރު Below Header ad

ކުނޫޒްގައި ބޭއްވި ބައްދަލުވުމުގައި ޕާޓީތަކުގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްއާއި، އެމްއެންޕީގެ ރައީސް ކާނަލް ނާޒިމްއާއި، ދަ ދިމޮކްރެޓްސްގެ ފަރާތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުއެވެ.

މަޝްވަރާތަކަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގުޅިގެން އެއް ކެނޑިޑޭޓަކު ނެރުމަށް އެއްބަސް ވެވިފައިވާކަމަށެވެ.

އަދި ކުރިއަށް އޮތް ތަނުގައި އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ، ޕީޕީއެމްގެ އިތުރުން އެމްއާރުއެމްއާ އެކަމާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.