ޢީދުގެނަމުގައި ފާޙިޝްކަންކަން ނުކުރާށެވެ!

ޢީދު ކުޅިވަރުގެ ގޮތުގައި ދީނާ ޚިލާފު އެތައް ކަމެއް ދަނީ ރަށްރަށުގައި ކުރަމުން

މުސްލިމުންނަށް މާތް ﷲ ވަނީ ދެޢީދު ދެއްވާފައެވެ. ރަމަޟާން މަހާއި ގުޅިގެން އަންނަ ޢީދު ނުވަތަ ދިވެހިން ކިޔާގޮތުންނަމަ ކުޑަ ޢީދެވެ. އަދި ޙައްޖުގެ މާތް ރުކުނާއި ގުޅިގެން އަންނަ ޢީދު، ނުވަތަ ދިވެހިން ކިޔައި އުޅޭ ބޮޑު ޢީދެވެ. ބޮޑު ޢީދު އިސްލާމް ދީނުގައި ވަނީ ކެއިން ބުއިމާއި މާތް ﷲގެ ޛިކުރު ކުރުމަށް ލެއްވިގެންވާ ދުވަސްތަކެއް ކަމުގައެވެ. އަދި އެކަމުގައި ހުއްދަ އުފާ ފައުޅު ކުރުންވެސް ހިމެނިގެން ވެއެވެ

ނަމަވެސް މިއަދު ދިވެހި ރާއްޖޭގައި ޢީދު ފާހަގަ ކުރެވޭ ގޮތްތައް ސިފަ ކުރެވެނީ ހިންދޫންގެ ދީނީ މުނާސަބުތަކާއި ނައިޓު ކުލަބު ތަކުގެ ފާޙިޝް ޙަރަކާތްތައް ޢާއްމު ތަންތަނުގައި ފާޅުގައި އަދި ފުޅާ ގޮތެއްގައި ކުރެވޭ މުންކަރާތުގެ ޢީދެއްގެ ގޮތުގައެވެ. ބުދުދީނާއި އިންޑިއާގެ ދީންތަކުގައި ފަދައިން، ކުލަ ޖެހުމުގެ ނަމުގައި ދެ ޖިންސު މަސްހުނިވެ ކުޅެވޭ ފާޙިޝް ކުޅިގަނޑާއި، ނިވާކަމެއް ނެތް ހެދުންތައް އަޅައިގެން ނެށޭ އަންހެނުންނާއި ފިރިހެނުންގެ ފާޙިޝް ނެށުން ތަކާއި ފުރައްސާރައިގެ ޕެރޭޑު ތަކާއި ބޮޑު ބެރެވެ. މިފަދަ އެކި ކަންކަމުގެ ތެރޭގައި ދީނުގެ ޝިޢާރު ތަކަށްވެސް ދަނީ ހަޖޫ ޖަހަމުންނެވެ. މިފަދަ އެތައް ކަމެއް ދަނީ ފާޅުކަން ބޮޑުކޮށް ހިނގަމުންނެވެ.

އިޝްތިހާރު Below Header ad

ތިރީގައި އެވަނީ އައްޝެއިޚް އަޙްމަދު ސަމީރުގެ ލިޔުމެކެވެ.

ޝެއިޚް ވިދާޅުވެފައި ވެއެވެ.

” މާތް الله ވަޙީކުރެއްވިއެވެ.

(…وَلَا يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِن زِينَتِهِنَّ…)(النور:31)

“(ގަހަނާއާއި) ޒީނަތުގެ ތެރެއިން، ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި، ފައިތިލަތަކުން (ބިމުގައި) އެކަނބަލުން
ނުތަޅާހުށިކަމެވެ! “

އަންހެނާގެ ފައިގައި އަޅާއުޅޭ ތަކަހޮޅިއާއި އެނޫންވެސް ވަންހަނާކުރެވިފައިވާ ޒީނަތުގެ ކަންކަން އެނގިދާނެ ކަމަށްޓަކައި ހިނގާ ބިނގާވެ އުޅުމުގައިވެސް ބާރުބާރަށް ބިމުގައި ފައިޖަހަމުން ހިނގުން ކީރިތި ޤުރްއާނުގައި ކަނޑައެޅިގެން މަނާ ކުރައްވާފައި ވީހިނދު، އެކަނބަލުންގެ ޒީނަތްތެރިކަން ފާޅުކޮށް ހިލޭ ފިރިހެނުންގެ ކުރިމައްޗަށް ނިކުމެ ނެށުން ހުއްދަވާނީ ކޮންފަދައަކުން ހެއްޔެވެ؟ އެއީ ހަމަ
ކަނޑައެޅިގެން ހުރި ޙަރާމް ކަމަކަށް ވުމުގެ އިތުރުން އެއީ ފާޅުގައި މުންކަރާތްތަކަށް އަރައިގަނެ އެކަން ފެތުރުމަށް ބާރުއެޅުންކަމުގައި ނޫނީ ނުވާނެއެވެ. އަދި އަމުދުން ޢީދުފަދަ އިސްްލާމްދީނުގެ މަތިވެރި ޝިޢާރެއްގެ ދަށުގައި މިފަދަކަންކަން ކުރުމުގެ ނުބައިކަން މާބޮޑެވެ.
އޭ! މުޙައްމަދުގެފާނުންގެ އުންމަތަށް ނިސްބަތްވުމުގެ މަތިވެރި ޝަރަފު ލިބިފައިވާ މީހާއެވެ! ތިޔަ ހަލާކު ކުރަނީ އެ އުންމަތެއް ތަރުބިއްޔަތު ކުރެއްވުމުގައި ކައުސާހިބާގެ މުޅިޙަޔާތްޕުޅު ޤުރްބާންކުރެއްވި އުންމަތެވެ. ތިޔަމަަަަަސައްކަތް ކުރަނީ އެންމެހައި ޚަލްޤުތަކުން އެމީހެއްގެ އަމިއްލަ ނަފްސުގެ ސަލާމަތުގައި”ނަފްސީ ނަފްސީ “ގޮވާދުވަހުވެސް އަމިއްލަ
ނަފްސުފުޅުގެ ސަލާމަތަށްވުރެ އުންމަތުގެ ސަލާމަތަށް އިސްކަންދެއްވައި “ އުންމަތީ އުންމަތީ”އޭ ވިދާޅުވަމުންދާ ސާހިބާގެ އުންމަތް ފަސާދަކުރާށެވެ.
ޤިޔާމަތް ދުވަހު ކައުސާހިބާ صلى الله عليه وسلم ގެ ފެން އާރުން ފައްސާލެވި އިތުރުއެކަލޭގެފާނުންގެ ދުޝްމަނަކަށް ވެއްޖެމީހަކަށްވުރެ ނުބައިކަން ބޮޑީ ފަހެކާކުހެއްޔެވެ؟
الله أكبر الله أكبر الله أكبر لا إله إلا الله والله أكبر الله أكبر ولله الحمد “

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.