ނުކުތުމަށް ތައްޔާރުވުމަށް ޝެއިޚް އާދަމް ނިޝާން ގޮވާލައްވައިފި!

ދިވެހި ރާއްޖޭގައި ރާވައިގެން ޕާޓީ އުސޫލުން ލިވާތު ކުރުން ފާޅުކަން ބޮޑުގޮތެއްގައި އިޝްތިހާރުކޮށް ހިންގަމުން ދާތީ، މި މުޑުދާރު ފާޙިޝް ޢަމަލު ހުއްޓުވުމަށް ނުކުތުމަށް ތައްޔާރުވުމަށް މުސްލިމް ޒުވާނުންނަށް ޝެއިޚް އާދަމް ނިޝާން ގޮވާލައްވައިފިއެވެ.

ޝެއިޚް މިއަދު ކުރަައްވާފައިވާ ފޭސްބުކް ޕޯސްޓުގައިވަނީ، މިޤައުމުގެ އިސްފަޑީގައި ތިބީ މިކަން ހުއްޓުވުމުގެ ބަދަލުގައި މިކަންކަމަށް ހިތްވަރުދޭ އެމްޑީއެން ފިކުރުގެ މީހުންކަމަށާއި، އެމީހުން މިކަން ނުހުއްޓުވާނެކަން ފާއިތުވެ ދިޔަ ދުވަސްތަކުގައި މިވަނީ ފެނި އެނގިގެން ގޮސްފައި ކަމަށެވެ. މިއާއެކު ޝެއިޚްވަނީ މިޢަމަލު ބަޔަކު ހިންގާ ފަތުރަމުން އަންނަ ކަމުގެ މަޢުލޫމާތު ހިމެނޭ ސްކްރީންޝޮޓް ތަކެއް ހިއްސާ ކުރައްވާފައެވެ.

އިޝްތިހާރު Below Header ad

މިކަން ފަތުރާ ބައެއް ޕޯސްޓުތަކުގައި ވަނީ ފައިސާ ދައްކައިގެން ބުކް ކުރާ އުސޫލުން އެއްޖިންސުން ގުޅުން ހިންގުމުގެ ޕާރޓީއަކަށް ސްލޮޓް ބުކް ކުރުމަށް ހުޅުވާލާފައިކަން ފާހަގަ ކޮށްލެވެއެވެ. އަދި ބައެއް ސްކްރީންޝޮޓް ތަކުގައި ބުނެފައިވާ ގޮތުން މިކަމަކީ ފުލުހުންގެ ބައެއްގެ ބައިވެރިވުމާއި ސެކިއުރިޓީޢާއިވެސް އެކު ކުރިޔަށްދާ ކަމެކެވެ.

މިހުރިހާ ކަމަކަށް ރިއާޔަތް ކުރައްވާ ޝެއިޚް ނިޝާން ވަނީ މިކަންކަން ހުއްޓުވުމަށް ނުކުތުމަށް ތައްޔާރުވުމަށް މުސްލިމު ޒުވާނުންނަށް ގޮވާލައްވާފައެވެ.

ޝެއިޚްގެ ފޭސްބުކް ޕޯސްޓް:

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.