ކައްދޫ އެއާޕޯޓް ކޮމްޕެނީގެ ޗެއާމަންކަމަށް ޒަކަރިއްޔާ މަންސޫރު އައްޔަންކުރައްވައިފި

ކައްދޫ އެއާޕޯޓް ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަނަކަށް ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް ޒަކަރިއްޔާ މަންސޫރު އައްޔަންކުރައްވައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރަކަރިއްޔާ މަންސޫރު އެ މަގާމަށް އައްޔަނު ކުރައްވާފައި ވަނީ ބުރާސްފަތި ދުވަހުކަމަށެވެ.
ކައްދޫ އެއާޕޯޓުގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރު ކަމަށް ރަކަރިއްޔާ މަންސޫރު އައްޔަނު ކުރެއްވީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި، ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
ޒަކަރިއްޔާ މަންސޫރު ވަނީ މާސްޓާރ އޮފް އަރޓްސް އިން ސްޓްރެޓެޖިކް ސެކިއުރިޓީ ސްޓަޑީސް ހާސިލު ކުރައްވާފައެވެ. އަދި މިލިޓަރީގެ ތަފާތު ގިނަ ދާއިރާތަކުންނާއި، ކައުންޓަރ ޓެރަރިޒަމްގެ ދާއިރާއިން ކޯސްތަކާއި ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަ ކުރައްވާފައި ވެއެވެ.
ޒަކަރިއްޔާ މަންސޫރު ވަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގައި ތެދުވެރިކަމާއި އިހްލާސްތެރިކަމާއެކު 39 އަހަރު ހިދުމަތް ކުރައްވާ ލީޑަރޝިޕްގެ ގިނަ މަގާމުތަކެއް ފުރުއްވާ ގިނަ އެޕޮއިންޓްމަންޓްތަކެއްވެސް އަދާކުރައްވާފައެވެ.

ޒަކަރިއްޔާ މަންސޫރު މިހާރު އަދާކުރައްވަމުން ގެންދަވަނީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑައިރެކްޓަރ ޖެނެރަލްގެ މަގާމެވެ.

އިޝްތިހާރު Below Header ad

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.