
ވަކި ކަހަލަ ހެދުމެއް ލައިގެންނޫނީ ނަމާދު ޞައްޚަ ނުވާނެ ކަމަށް ދެކުމަކީ މަގުފުރެދުމެއް: ޝައިޚް މުޙައްމަދު ޝިނާން
ވަކި ކަހަކަ ހެދުމެއް ލައިގެންނޫނީ ނަމާދު ޞައްޚަ ނުވާނެ ކަމަށް ދެކުމަކީ މަގުފުރެދުމެއް ކަމަށް ރާއްޖެގެ މަސްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް މުޙައްމަދު ސިނާން ވިދާޅުވެއްޖެއެވެ.
ޝައިޚް މުޙައްމަދު ޝިނާން މިހެން ވިދާޅުވެފައިވަނީ ސޯޝަލް މީޑިއާގައި ކޮށްފައިވާ ފޮޓޯ ޕޯސްޓެއްގައެވެ.

ޝައިޚް ގެ މި ޕޯސްޓްގައި ބުނެފައިވަނީ ނަމާދު ޞައްޚަ ވުމުގައި ވަކި ޝަރުތުތަކެއް ކަނޑައެޅިގެން އެނގެން އެބަހުރިކަމަށާއި މި ޝަރުތުތަކުގެ ތެރޭގައި ވަކި ކަހަލެއްގެ ހެދުމެއް ލައިގެން ނަމާދު ޞައްޚަނުވާނެ ކަމަށް އައިސްފައިނުވާ ކަމަށެވެ.
ޝައިޚް ވިދާޅުވީ ނަމާދު ޞައްޚަ ވާފަދަ ކޮންމެ ހެދުމެއްގައިވެސް ނަމާދު ކުރެވޭނެ ކަމަށެވެ.
ނަމާދު ޞައްޚަ ވުމުގެ ޝަރުތު ތަކުގެ ތެރޭގައި އައުރަ ނިވާވާ ނަޖިހުން ތާހިރު ވެފައިވާ ކޮންމެ ކަހަލަ ހެދުމެއްގައިވެސް ނަމާދު ކުރެވޭނެ ކަމަށް އައިސްފައިވެއެވެ. އަދި މިކަމަށް ކީރިތި ޤުރުއާނާއި މާތް ރަސޫލާގެ ސުންނަތުން ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ.

އެހެން ކަމުން ޝައިޚް ވިދާޅުވެފައިވާ ގޮތުގައި ވަކި ކުލައެއްގެ ވަކި ކަހަކަ ހެދުމަކަށް އެހެދުން ވާކަށް ނުޖެހެއެވެ.



