ދިރިއުޅުމުގައި ދިމާވާ ކޮންމެ ޙާލަތަކަށްވެސް ރުހެންޖެހޭ: ޝައިޚް ނަސްރުﷲ

ދިރިއުޅުމުގައި ދިމާވާ ކޮންމެ ޙާލަތަކަށްވެސް ރުހެންޖެހޭކަމަށް މަސްޖިދުލް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމްގެ އިމާމް އައްޝައިޚް ނަސްރުﷲ ޢަލީ ވިދާޅުވެއްޖެވެ.

ޝައިޚް ނަސްރުﷲ މިހެން ވިދާޅުވީ 1444 ވަނަ އަހަރު އަތޮޅުތަކަށް ޚާއްސަކޮށްގެން ބޭއްވި އެންމެ ފަހު އިޙްޔާ ފޯރަމްގައި، ފުވައްމުލައް ސިޓީގައި ތަޤްރީރުކުރައްވަމުންނެވެ.

އިޝްތިހާރު Below Header ad

“ﷲގެ ނިޔާއަށް ރުހުން” މި މައުޟޫޢަށް މި ފޯރަމްގައި ތަޤްރީރުކުރައްވާފައިވަނީ އައްޝައިޚް ނަސްރުﷲ ޢަލީގެ އިތުރުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޛް މުޙައްމަދު އަނީލްއެވެ.

މި ފޯރަމްގައި ތަޤްރީރުކުރައްވަމުން އައްޝައިޚް ނަސްރުﷲ ވިދާޅުވީ ޙަޔާތުގައި މުސީބާތެއް ދިމާވުމުން، ދުޢާކޮށް އެ މުސީބާތުގެ ސަބަބުން ދަރުމަ ދެއްވައި، އަދި އެއަށްވުރެ ހެޔޮގޮތެއް މެދުވެރިކުރައްވާތޯ ދުޢާކުރުން މަތީ ދެމިތިބެން ޖެހޭކަމަށް ވިދާޅުވިއެވެ. ދުނިޔެމަތީގައި އަޅުގަނޑުމެންނަށް އެކަމަކީ ރަނގަޅުކަމެއްކަމަށް، ތިމާއަށް ފައިދާ ހުރި ކަމެއްކަމަށް ދެކޭ ކަންކަން އެއީ ތިމާއަށް ހުރި ގެއްލުމަކަަށްވެސް ވެދާނެކަމަށާއި ހުރިހާ ކަމެއްގެ ހަޤީޤަތް އެންމެ މޮޅަށް ދެނެވޮޑިގެން ވަނީ މާތްﷲ ކަން ފާހަގަކުރެއްވިއެވެ.

ދުނިޔެމަތީގައި ދިމާވާ ކަންކަމަކީ ދެރަކަންކަން ކަމަށް ނުވިސްނުމަށް އިރުޝާދުދެއްވަމުން ދިރިއުޅުމުގައި ދިމާވާ ކޮންމެ ޙާލަތަކަށްވެސް ރުހެންޖެހޭކަމަށް ވިދާޅުވިއެވެ.

ކޮންމެ ކަމެއްވެސް ދިމާވާނީ އެކަމެއްގައި ހެވެއް އޮވެގެން ކަމަށާއި މާތްﷲގެ މިންވަރާމެދު ރުހެންޖެހޭނެކަމަށް ޝައިޚް ވިދާޅުވިއެވެ.

ޝައިޚްގެ ވާހަކަފުޅުގައި މާތްﷲ އިންސާނަކަށް ދެރަގޮތެއް މެދުވެރި ނުކުރައްވާނެކަން ފާހަގަކުރައްވައި ދިމާވާ ކޮންމެ ކަމަކީވެސް އިމްތިހާނެއްކަންދެކިގެން ކުރިއަށް ދިޔުމަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. އެފަދަ ކޮންމެ ކަމެއްގެ ފަހަތުގައި ވެސް ފޮރުވިފައިވާ ކަންތައްތަކެއް ވާނެކަން ފާހަގަކުރެއްވިއެވެ. މާތްﷲގެ މިންވަރަށް، ނިޔާއަށް ރުހިގެން ކުރިއަށް ދިޔުމުގެ މުހިންމުކަމަށް ބައްލަވައި ޝައިޚް ވަނީ ދިމާވާ ކަންތައްތަކަށް ކެތްތެރިވެ ދުލުން ބަދުބަސް ނުބުނުމަށްވެސް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ވިސްނަންވީ ދުނިޔޭގައި ބަޔަކު ކިތަންމެ ބޮޑު ދެރައެއް ދޭން އުޅުނަސް މާތްﷲގެ އިރާދަފުޅާލައިގެން މެނުވީ އެފަދަކަމެއް ނުވާނެކަން ގަބޫލުކޮށް ވަކީލް ކުރުމަށްކަމަށް ވިދާޅުވިއެވެ.

މި ފޯރަމްގައި ތަޤްރީރުކުރައްވަމުން އަލްއުސްތާޛް މުޙައްމަދު އަނީލް ވަނީ ރަސޫލާގެ ޙަޔާތްޕުޅުގައި ދިމާވި ހާދިސާތަކަށް ބައްލަވައި މާތްﷲގެ ނިޔާއަށް ރުހެންޖެހޭ ސަބަބުތައް ތަފްސީލްކޮށް ދެއްވާފައެވެ.

މާތްﷲއަށް ފުރިހަމައަށް އީމާންވާ މީހާ އޭނާގެ ޙަޔާތުގައި ދިމާވާ ކަންކަމަށް ކެތްތެރިވެ ދިމާވާ ކަންކަމަކީ ހެޔޮކަމެއްގެ ގޮތުގައި ބަލާނެކަމަށް ވިދާޅުވިއެވެ. ދުނިޔޭގައި ދިމާވާ ހިތްދަތި ކަންކަމަށް ކެތްތެެރިވެއްޖެނަމަ އެކަމުގެ އަޖުރު ލިބޭނެކަން ބަޔާންކުރައްވައި ރަސޫލާ ﷺގެ ޙަޔާތްޕުގައި ދިމާވި ހާދިސާތައް ކިޔައިދެއްވިއެވެ.

އެންމެ ބޮޑަށް އިންސާނުންދެކެ ލޯބިވެ ވަޑައިގަންނަވަނީ، އަދި އިންސާނުން ރައްކާތެރިކުރައްވަނީ މާތްﷲކަން ފާހަގަކުރައްވާ ދިމާވާ ހިތާމަތަކާއި މުސީބާތްތަކަށް އަޖުރުލިބެނީ ކެތްތެރިންނަށްކަމަށް ވިދާޅުވިއެވެ. ގާތްތިމާގެ މީހަކު ނިޔާވުމަކީ ލިބޭނެ ވަރަށް ބޮޑު ހިތާމައެއްކަން ފާހަގަކުރައްވާ ސްޓޭޓް މިނިސްޓަރ ވަނީ މިފަދަ ކޮންމެ ކަމެއްގައި ކެތްތެރިވުމުގެ މުހިންމުކަމަށް ބައްލަވާލައްވާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.