އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު އެމްޑީޕީ އަށް ސޮއި ކޮށްފި

އޭނާ ކުރިން ހުންނެވީ ޖޭޕީގަ

ރައްޔިތުންގެ މަޖިލީހުގައި ހައްދުންމަތީ (ލ. އަތޮޅު) އިސްދާ ތަމްސީލުރައްވާ މެމްބަރު އަލީ ހަމީދު އެމްޑީޕީ އަށް ސޮއި ކުރައްވައިފިއެވެ.

އޭނާ މިހާތަނަށް ހުންނެވީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގައެވެ. އަދި އެ ޕާޓީ ދޫކުރައްވާ، އެމްޑީޕީ އަށް އޭނާ ސޮއި ކުރެއްވީ މިއަދުއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އަލީ ހަމީދު އެމްޑީޕީ އަށް ސޮއި ކުރެއްވީ ރައީސް ސާލިހާއި އެމްޑީޕީގެ އިސް ލީޑަރުގެ ހާޒިރުގައި މުލިއާގޭގައެވެ.

އަލީ ހަމީދަކީ ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުން ފެށިގެން ޖުމްހޫރީ ޕާޓީގެ މެމްބަރެކެވެ.

އަލީ ހަމީދު އެމްޑީޕީ އަށް ގުޅުމާއި އެކު މަޖިލީހުގައި އެމްޑީޕީގެ މެމްބަރުންގެ އަދަދު 67 އަށް އެރީއެވެ.

އެހެންނަމަވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ފަހު، އެ ޕާޓީގައި ވަނީ ދެ ފެކްޝަނެއް އުފެދިފައެވެ. އެއީ ރައީސް ސާލިހަށް ތާއީދު ކުރައްވާ މެމްބަރުންނާއި ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުންގެ މެދުގައެވެ.

ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖޭޕީ އިން ވާދަކުރުމަށް ނިންމުމާއި ގުޅިގެން އެ ޕާޓީގެ ގިނަ މެމްބަރުންތަކެއް އަންނަނީ އެ ޕާޓީ ދޫކުރަމުންނެވެ.

އެގޮތުން ރައީސް އޮފީހުގެ މިނިސްޓަރ ސަމީރާއި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމާއި ކޮންޓްރޯލަރ އޮފް އިމިގްރޭޝަން ހަނަފީ ހިމެނެއެވެ. އަދި މީގެ އިތުރުން ވެސް ގިނަ މެމްބަރުން އަންނަނީ ވަކިވަމުންނެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.