
ހިޔާ ފްލެޓް ތަކުން ކަރަންޓު ކެނޑިފައި
ހުޅުމާލެ ހިޔާ ފްލެޓު ސަރަޙައްދުން ކަރަންޓު ކެނޑި ފްލެޓު ތަކުގައި ދިރިއުޅޭ ފަރާތްތައް ވަނީ ކަންބޮޑުވެފައެވެ. ރަމަޟާން މަހުގެ ދުވާލު، ރޯދަ ވީއްލާ ވަގުތު ކައިރި ވަމުން ދަނިކޮށް ކަރަންޓް ދިއުމުގެ ސަބަބުން ވަރަށް ބޮޑަތި ދަތިތަކާ ދަނީ ކުރިމަތިވަމުންނެވެ. މިވަގުތަކީ ބައެއް މުހިއްމު ވިޔަފާރި ކޮށްގެނާއި ، ފިނި ބުރު ޖަހާލަން ދިއުމަށްފަހު މީހުން އެނބުރި ގެއަށް އަންނަ ވަގުތުކަން ފާހަގަކޮށްލެވެއެވެ.
ކަރަންޓް ކެނޑުނު ފަހުން މިހާރު 15 ވަރަކަށް މިނެޓު ވެފައި ވާއިރު، އަވަހަށް މައްސަލަ ޙައްލު ނުވެއްޖެ ނަމަ ހިޔާ ފްލެޓު ރަކުގެ 24 ވަނަ ބުރިއާއި ހަމައަށް ސިޑިން އަރަން ޖެހޭ ފަރާތްތަކަށް މިކަން ވެގެންދާނީ ވަރަށް ބޮޑު ތަކުލީފަކަށް ކަމުގައި ސަރަޙައްދުގައި ތިބި މީހުން ދަނީ ބުނަމުންނެވެ.
ޚާއްސަ އެހީއަށް ބޭނުންވާ ، ގޮނޑީގައި އުޅޭ މީހުނާއި ބަލި މީހުންވެސް މިވަގުތު ދަނީ ކަރަންޓު ނެތުމުގެ ސަބަބުން ވަރަށް ބޮޑަތި ތަކުލީފު އުފުލަމުންނެވެ. މިގޮތުން ހިޔާ ފްލެޓު 5 ގައި ދިރިއުޅޭ ގޮނޑީގައި އުޅޭ ޚާއްސަ އެހީއަށް ބޭނުންވާ މީހަކު ވަނީ ބަޔަކު ވެގެން ސިޑިން ގޮމޑިއާއި އެކު މައްޗަށް އަރުވާފައެވެ.