އިޖްތިމާއީ ހިދުމަތުގެ ދާއިރާއަށް އިތުރު އިންވެސްޓްމަންޓްތައް ކުރުމަކީ މުޖުތަމައު ބިނާކުރުން: މެޑަމް ފަޒުނާ

ނަހަމަ އާ ބޭއިންސާފާ އެތައް ބަޔަކު ކުރިމަތިލަމުން އަންނައިރު، މި ހާލަތު ބަދަލުކުރުމަށް އިޖްތިމާއީ ހިދުމަތްތެރިންނަކީ މުހިންމު ދައުރެއް އަދާކުރެވޭނެ ބައެއްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ސޯޝަލް ވަރކް ދުވަހުގެ މުނާސަބަތާއި ގުޅިގެން ޖެންޑަރ މިނިސްޓްރީން ކުރިއަށްގެންދިޔަ ހަރަކާތުގައި ދެއްވި ވީޑިއޯ މެސެޖުގައި އެކަމަނާ ވިދާޅުވީ އިޖްތިމާއީ ހިދުމަތުގެ ދާއިރާއަށް އިތުރު އިންވެސްޓްމަންޓްތައްކޮށް އެދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.

އިޝްތިހާރު Below Header ad

މެޑަމް ފަޒުނާ ވިދާޅުވީ އިޖްތިމާޢީ ޚިދުމަތުގެ ދާއިރާއަށް އިތުރު އިންވެސްޓްމަންޓްތައް ކުރުމަކީ ޢަދުލުވެރި ސުލްޙަވެރި ބާއްޖަވެރި މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ކުރެވޭ އިންވެސްޓްމަންޓެއްކަމަށް ޤަބޫލުކުރައްވާ ކަމުގައެވެ. އަދި އެންމެން ޝާމިލްވާ އިންސާފުވެރި މުޖުތަމަޢެއް އުފެއްދުމަށް އިޖްތިމާޢީ ޚިދުމަތްތެރިން ކުރައްވާ ބުރަ މަސައްކަތްވެސް އެކަމަނާ ވަނީ މި ވީޑިއޯ މެސެޖުގައި ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، ދުނިޔޭގެ ސޯޝަލް ވަރކާސް ދުވަހުގެ މުނާޞަބަތުގައި އިޖްތިމާޢީ ޚިދުމަތުގެ ބުރަ މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންނަށް އިޚްލާސްތެރިކަމާއެކު ވަނީ ޝުކުރުދަންނަވާފައެވެ.

މި ހަރަކާތަކީ އިޖްތިމާޢީ ޚިދުމަތްތެރިން ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ކުރިއަށް ގެންދާ ހަރަކާތެކެވެ. އަދި މި ހަރަކާތުގައި 15 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ އިޖުތިމާޢީ ޚިދުމަތްތެރިންނަށްވަނީ ހަނދާނީ ފިލައެއް ޙަވާލުކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.