ފެބުރުވަރީ މަހު މީރާއިން 1.72 ބިލިއަން ރުފިޔާ ބަލައިގަނެފި

ފެބުރުވަރީ 2023 ގައި މީރާއަށް 1.72 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެ އޮތޯރިޓީން މައުލޫމާތު ދީފިއެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %18.6 އިތުރު އަދަދެކެވެ. ނަމަވެސް، ފެބުރުވަރީ 2023 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %20.8 ދަށް އަދަދެކެވެ.

އިޝްތިހާރު Below Header ad

މީރާއިން މައުލޫމާތު ދޭ ގޮތުގައި، ފެބުރުވަރީ 2022 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ފެބުރުވަރީ 2023 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޖީ.އެސް.ޓީ، ކޯޕަރޭޓް އިންކަމް ޓެކްސް، ނޮން-ރެޒިޑެންޓް ވިތުހޯލްޑިންގ ޓެކްސް އަދި އެއަރޕޯޓް ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ.

މީގެ އިތުރުން ޖަނަވަރީ 2022 އާއި އަޅައިބަލާއިރު، ޖަނަވަރީ 2023 ގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 30.9% އިތުރުވެފައިވުމާއި، 1 ޖަނަވަރީ 2023 އިން ފެށިގެން ޖީ.އެސް.ޓީ ރޭޓް ބޮޑުވުވުމަކީ ފެބްރުވަރީ މަހު ލިބުނު އާމްދަނީ 2022 ވަނަ އަހަރުގެ ފެބްރުވަރީ މަހު ލިބުނު އާމްދަނީއާ އަޅާކިޔާއިރު އާމްދަނީ އިތުރުވުމުގެ ސަބަބެއް ކަމުގައިވެސް މީރާއިން މައުލޫމާތު ދެއެވެ.

ފެބުރުވަރީ 2023 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ މަދުން އާމްދަނީ ލިބިފައިވާ މައިގަނޑު ސަބަބަކީ ޖީ.އެސް.ޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ފެބްރުވަރީ މަހު ލިބޭނޭ ކަމަށް އަންދާޒާކުރި ވަރަށްވުރެ ދަށްވުންކަމުގައި މީރާއިން މައުލޫމާތު ދެއެވެ.

މި ކަމުގެ މައިގަނޑު ސަބަބަކީ، 1 ޖަނަވަރީ 2023 އިން ފެށިގެން ޖީ.އެސް.ޓީގެ ރޭޓަށް އައި ބަދަލާއެކު، ޖަނަވަރީ މަހު އައިސްފައިވާ ޓޫރިސްޓުންނާ ގުޅޭ ޖީ.އެސް.ޓީގެ ތެރެއިން ކޮންމެވެސް މިންވަރެއް، ޓައިމް އޮފް ސަޕްލައިގެ އުސޫލުގެ ތެރެއިން، ޖަނަވަރީ މަހުގައި ލިބިފައިވާތީ، ފެބްރުވަރީ މަހު ލިބޭނެކަމަށް އަންދާޒާކުރި ވަރަށްވުރެ ލިބުނު ޖީ.އެސް.ޓީ މަދުވުން ކަމުގައި މީރާއިން މައުލޫމާތު ދެއެވެ.

ޖީ.އެސް.ޓީގެ ގޮތުގައި ޖަނަވަރީ 2023 ގައި ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ ވަރަށްވުރެން 73 އިންސައްތަ އިތުރަށް ވަނީ ލިބިފައެވެ. މި އަހަރުގެ ފެބުރުވަރީގެ ނިޔަލަށް ޖީ.އެސް.ޓީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެން ފެބުރުވަރީގެ ނިޔަލަށް ލިބިފައިވާ ޖީ.އެސް.ޓީގެ އަދަދު އިތުރުކަމަށްވެސް މީރާއިން މައުލޫމާތު ދެއެވެ.

ފެބުރުވަރީ 2023 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީންނެވެ. އެއީ 1.18 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 182.04 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 91.87 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ގޮތުގައި 81.87 މިލިއަން ރުފިޔާ، ޑިޕާޗަރ ޓެކްސްގެ ގޮތުގައި 78.84 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 98.55 މިލިއަން ރުފިޔާ ލިބިފައި ވެއެވެ.

ފެބުރުވަރީ 2023 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 73.60 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.