ޚަބަރު ފީތާ

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އިންޑިއާއަށް ފުރާވަޑައިގެންފި

ފޮޓޯ:ޑިފެންސްމިނިސްޓްރީ

ރާއްޖޭގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.

އެމަނިކުފާނު އިންޑިއާއަށް ވަޑައިގަތީ އޭޝިޔާގެ ޤައުމުތަކުގެ މެދުގައި ބާއްވާ ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަތުމަށެވެ.

ޑިފެންސް މިނިސްޓަރު ބައިވެރިވެ ވަޑައިގަންނަވާ މި ކޮންފަރެންސްގައި  މައިގަޑު ގޮތެއްގައި ވާހަކަދައްކަވާނީ ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް މަސައްކަތްކުރުމާއި ބެހޭގޮތުންނެވެ.

މި ކޮންފަރެންސްގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ހާއްސަ ބަޔާނެއް ދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް މަސައްކަތްކުރުމާއި ބެހޭގޮތުން އޭޝިއާގެ ޤައުމުތަކުގެ މެދުގައި  ބާއްވާ މި ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށް ޑިފެންސް މިނިސްޓަރު މިއަދު ފުރާވަޑައިގެންފައިވާއިރު އިންޑިއާގެ ނިއުދިއްލީގައި ބާއްވާ މި ކޮންފަރެންސްގައި ސަރަޙައްދީ ޤައުމުތަކުގެ ކަމާގުޅުންހުރި ދާއިރާތަކުގެ މިނިސްޓަރުން ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ދެދުވަހުހެ މުއްދަތަށް އިންޑީއާގެ ނިއުދިއްލީގައި ބާއްވާ މި ކޮންފަރެންސް ކުރިޔައްދާނީ މިމަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށެވެ.

Rate this post