
އަންހެނުން ޓެކްނޮލޮޖީއަށް އަހުލުވެރިކުރުވުމަށް ޖަވާބު އެކަޑަމީއާއި ބީސީއެމްއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި
އަންހެނުން ބާރުވެރިކުރުވުމުގެ ގޮތުން އަންހެނުން އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީއާއި ޑިޖިޓަލް ލިޓަރަސީއާ އަހުލުވެރިކުރުމުގެ ގޮތުން ޖަވާބު އެކަޑަމީއާއާއި ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސް (ބީސީއެމް)އާ ދެމެދު ފަހުމުނާމާއެއްގައި މިރޭ ސޮއިކޮށްފި އެވެ.
1 އަހަރު ދުވަހަށް ސޮއިކުރެވުނު މި ފަހުމުނާމާގައި ޖަވާބު އެކަޑަމީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖައިލަމްއެވެ. ބީސީއެމްގެ ފަރާތުން ސޮއިކުރެއްވީ ޑައިރެކްޓަރ ފާޠިމަތު ސަޢުދަތު އެވެ.
މި ފަހުމުނާމާގެ ދަށުން ޖަވާބު އެކަޑަމީގެ ފަރާތުން ޓްރޭނިންގ ޕްރޮގްރާމްތާއި މަޢުލޫމާތު ދިނުމުގެ ސެޝަންތައް ހިންގުމުގެ އިތުރުން، ޓެކްނިކަލް އާލާތްތަކާއި ސޮފްޓްވެއަރ ބޭނުންކުރަން ފަންނީ ތަމްރީނު ފޯރުކޮށްދިނުން ހިމެނެ އެވެ.