
ހދ. ނެއްލައިދޫ ބަނދަރު މަސައްކަތުގެ %91 ނިމިއްޖެ
ހދ. ނެއްލައިދޫ ބަނދަރު ތަރައްްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 91 ޕަސެންޓް ނިމި، ބޭރުތޮށިލުމުގެ މަަސައްކަތުގެ 84 ޕަސެންޓް ނިމިއްޖެކަމަށް އެމަސައްކަޔް ކުރާ ކުންފުނި އެން ޓީސީސީ އިން ހާމަކޮށްފި އެވެ.
އެ ކުންފުނިން މަޢުލޫމާތު ދޭ ގޮތުގައި އެމަޝްރޫޢުގެ ދަށުން 62,863 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި ބިން ހިއްކުމާއި، 331 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 204 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 50 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 2,102 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތިއާއި މަގުމަތީ ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް ޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 50.8 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.