ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ބަހްރައިން އަދި ރާއްޖެއިން ގުޅުން ބަދަހިކުރަނީ

ބަހްރައިންގެ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އެފެއަރޒް ހިޒް އެކްސެލެންސީ އައިމަން ތައުފީގް އަބްދުއްރަހްމާން އާއި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފް ބައްދަލުކުރައްވައިފި އެވެ.

މި ދެ ބޭފުޅުންގެ މެދުގައި ރަސްމީ މަޝްވަރާތައް އިއްޔެގެ ވަގުތެއްގައި ވަނީ ބަހްރައިންގައި ކުރިޔަށް ގެންގޮސްފަ އެވެ. އެގޮތުން ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އެގޮތުން ޔޫތު އެކްސްޗޭންޖް ޕްރޮގްރާމްތަކާއި ކުޅިވަރުގެ ދާއިރާ ތަރައްގީ ކުރުމަށް ވަނީ މަޝްވަރާކޮށްފަ އެވެ.

އިޝްތިހާރު Below Header ad

މިނިސްޓަރ މަހްލޫފް ވިދާޅުވެފައިވާ ގޮތުގައި ފުޓްބޯޅަ، ވޮލީބޯޅަ، ޓޭބަލް ޓެނިސް އަދި ހޭންޑްބޯލް ކުރިއެރުވުމަށް ބަހްރައިންގެ މިނިސްޓަރާއެކު މަޝްވަރާތައް ވަނީ ކުރިޔަށް ގެންގޮސްފައެވެ. މިނިސްޓަރ މަހްލޫފް ވަނީ ރާއްޖެއިން ހިޒް އެކްސެލެންސީ އައިމަން ތައުފީގް އަބްދުއްރަހްމާންއަށް މަރުހަބާ ދެންނެވުމަށް އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވެ ރަސްމީ ދަތުރުފުޅެއްގެ އިޝާރާތެއް ވެސް ދެއްވާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.