ޒާހިލް އަށް އެހީތެރިވުމަށް ހަރަކާތްތަކެއް ހިންގަނީ

ގޮތްނޭނގޭ ބައްޔެއްގެ ހިތްދަތި ވޭން ތަހައްމަލް ކުރަމުން އަންނަ ކުއްޖެއް ކަމުގައިވާ 17 އަހަރުގެ އިބްރާހިމް ޒާހިލް އަށް އެހީތެރިވުމަށް އަންނަ ހޮނިހިރު ދުވަހު ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތް ރާވާ އިންތިޒާމް ކުރަނީ ކުރިންވެސް މިފަދަ ހަތަކާތެއް ވަރަށް ކާމިޔާބު ކަމާއެކު ބޭއްވި ފަރާތެއް ކަމުގައިވާ ކޭކްޑޯނާރސްއިންނެވެ، އަދި މިފަހަރުގެ ހަރަކާތުގައި އަމިއްލަގޮތުން އިސްނަގައިގެން އެކި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތެއް ކަމުގައިވާ ހެލްޕިންގ ހޭންޑްސްއިން ވެސް ބައިވެރި ވެފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. އެފަރާތްތަކުން މަޢުލޫމާތު ދެއްވާ ގޮތުގައި، މި އިވެންޓް ކުރިއަށް ދާނީ 5 ނޮވެމްބަރ ވާ ހޮނިހިރު ދުވަހު ހެނދުނު 10:00 ން ފެށިގެން 18:00 އާ ހަމައަށެވެ.

މި އިވެންޓްގައި ކަޕްކޭކްސް، ޑޯނަޓްސް އަދި ފޮނި ތަކެތީގެ އިތުރުން ތަފާތު ވައްތަރުގެ ހެދިކާއާޢި އަދި މެންދުރުގެ ކެއުންވެސް މާލޭގެ އެކި ހިސާބުތަކުގައި ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ކަސްޓަމްސަ ސަރަހައްދާއި، މަސްވެރިންގެ ޕާކް ސަރަހައްދު، ރަސްފަންނު އަދި އާޓިފިޝަލް ބީޗް ސަރަހައްދުގައި މި އިވެންޓްގެ ބައިވެރިން ހަރަކާތްތެރި ވާނެ ކަމަށް އެބޭފުޅުން މަޢުލޫމާތު ދެއްވައެވެ. އަދި އެދުވަހު ބޭރުން ކާބޯތަކެތި ބައްލަވައިގަންނަވާ ބޭފުޅުން އެ ސަރަހައްދުތަކުން އެބޭފުޅުންގެ ދަރުމަވެރިން އަތުން ތަކެތި ބައްލަވައިގަތުމަށް ވެސް އެބޭފުޅުން ނަސޭހަތްތެރިވެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެނގިފައިވާ ގޮތުގައި، ޒާހިލްގެ ބޭސްފަރުވާއަށް ގާތްގަނޑަކަށް1.8 މިލިއަން ދިވެހި ރުފިޔާ ބޭނުންވާ ކަމަށް ބންކޮކްގެ ހޮސްޕިޓަލަކުން ބުނެފައިވާއިރު، އަދި1.3 މިލިއަން ބޭނުންވެއެވެ. އަދި ބެންކޮކްގެ ހޮސްޕިޓަލަކީ އާސަންދަގެ ޚިދުމަތް ލިބޭ ތަނަކަށް ނުވާތީ، އާސަންދަ ލިބޭގޮތް ވަނީ ނުވެފައެވެ.

ކޭކްޑޯނަރްސް އިން މަޢުލޫމާރު ދެއްވާ ގޮތުގައި ކުރިއަށްއޮތް ތާނގަވެސް އެބޭފުޅުން ވަނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް މިފަދަ އިވެންޓްތައް ބޭއްވުމަށް ވިސްނާފައެވެ. އަދި މިފަދަ އިވެންޓްތަކުގައި ދަރުމަވެރިންގެ ގޮތުގައި ހަރަކާތްތެރިވުމަށް އެދޭ ފަރާތްތަކަށް އެ ދޮރު ހުޅުވިފައިވާ ކަމަށްވެސް އެބޭފުޅުން ވިދާޅުވެއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.