
ހިނގާ މަގުތަކަށްވެސް ޙައްޤުތަކެއް ކަނޑައެޅިގެންވޭ -ނަބަވީ އިރުޝާދު-
މިއަދުގެ ހުކުރު ޚުޜުބާގައި އަލިއަޅުވާލާފައިވަނީ މަގުމަތީގެ ޙައްޤުތަކަށެވެ.
އެގޮތުން މަގުމަތީގެ ޙައްޤުތަށް ރައްކާތެރި ކުރެވޭނީ މަގުބޭނުންކުރާ މީހުންގެ ޢަމަލަުތަށް ބަހައްޓާގޮތަކުންކަމާއި އެކަމުގެ ސަބަބބުން މީހސްތަކުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އަލާވެގެންދާނެކަންވެސް ބަޔާންކޮށްފައިވެއެވެ.
މަގުމަތީ ތިބޭއިރު އެއްވެސް މީހަކަށް ތުރާލެއް ވާނެ ކަމެއް ކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫންކަމާޢި ޒަމާނީ ވަޞލަތްތައް ބޭނުންކޮށްގެން މިސްމީހުންގެ ގޯތިތެރެ ބަލާހެދުމަކީ ވަރަށް ދަށުދަރަޖައިގެ ޢަމަލެއްކަން ބަޔާންކުރައްވަމުން މާތްﷲގެ ވަޙީ ބަސްފުޅެއްވެސް ގެނެސްފައިވެ އެވެ. އެއީ ނޫރު ސޫރަތުގެ 30 ވަނަ އާޔަތެވެ. އެ އާޔަތުގައިވަނީ
قُل لِّلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ
މާނައީ: މުއުމިނު ފިރިހެނުންނަށް، އެއުރެންގެ ބެލުންތައް ތިރިކުރުމަށް ކަލޭގެފާނު އަމުރު ކުރައްވާށެވެ. މިއެވެ. އަދިވެސް ނޫރު ސުރަތުގެ 31 ވަނަ އާޔަތްވެސް ގެނެސްފައިވެއެވެ. އެއީ :
وَقُل لِّلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ
މާނައީ: މުއުމިނު އަންހެންތަކުންނަށް، އެކަނނބަލުންގެ ބެލުންތައް ތިރިކުރުމަށް ކަލޭގެފާނު އަމުރު ކުރައްވާށެވެ. މިއެވެ.
ޤިޔާމަތް ދުވަހު އަޅާ، އޭނާގެ ލޮލުން ބަލައި އުޅުނު ތަންތަނާއި، ތަކެއްޗާމެދު އޭނާއާ ސުވާލު ކުރެވޭނެ އެވެ. މިކަން ހަނދުމަ ކޮށްދެއްވަމުން މިއަދުގެ ހުކުރު ޚުޠުބާގައި ހަނދުމަ ކޮށްދެމުން މާތﷲގެ ވަޙީ ބަސްފުޅު ގެނެސްފައި ވެއެވެ.
އެއީ އިސްރާ ސޫރަތުގެ 36 ވަނަ އާޔަތެވެ.
ޚުޠުބާ ނިންމާލަމުން ފަހު ޚުޠުބާގައި އަލި އަޅުވާލަފފައިވަނީ މަގުމަތީގެ އަދަބުތަކުގެ ތެރެއިން ސަލާމް ކުރުމާއި ސަލާމް ބަލައިގަތުމުގެ މުހިންމުކަމަށެވެ.
އެގޮތުން އެއީ ވާޖިބުކަމެއް ކަންވެސް ހަނދުމަކޮށްދީފައިވެ އެވެ. އަދި ހެޔޮކަންތައްތަކަށް އަމުރުކޮށް ނުބައި ކަންތައްތައް ނަހީ ނުކުރާނަމަ ތިބާ އަކީ މަގުމަތީގެ ޙައްޤުތައް ފުރިހަމައަށް އަދާކުރި މީހަކަށް ނުވާނެ ކަންވެސް މިއަދުގެ ހުކުރު ޚުޠުބާގައިވެ އެވެ.