އއ. ހިމެންދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފި

އއ. ހިމެންދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފި އެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހިމް މުޙައްމަދު ސޯލިޙާއި، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަލްފާޟިލް މުޙައްމަދު އަސްލަމާއި ،މިނިސްޓަރ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް އަލްފާޟިލް ފައްޔާޒް އިސްމާއީލާއި، މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް، އެންޑް އެޑިއުކޭޝަން އޮފް މިނިސްޓަރ މަހުލޫފާއި، އަޙުމަދު އަލްފާޟިލް އެމްޕަވަމަންޓް ކޮމިއުނިޓީ ޑރ. އައިޝަތު އަލީއާއި ،މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙުމަދު ޒާހިރާއި، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޗީފް އޮފް ސްޓާފް އަލްއުސްތާޛު އަލީ ޒާހިރާއި، މަތިވެރީ ދާއިރާގެ މެމްބަރު އަލްފާޟިލް ހަސަން ޒަރީރާއި، ތޮއްޑޫ ދާއިރާގެ މެމްބަރު އަލްފާޟިލް ހަސަން ޝިޔާންއާއި ސީއީއޯ އަލްފާޟިލް އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިންނާއި، ހިމެންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް ޙުޝާމް އިސްމާއީލް ބައިވެރިވެވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި، ހިމެންދޫ ބަނދަރު ކައުންސިލާ ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަލްފާޟިލް މުޙައްމަދު އަސްލަމެވެ.
އއ. ހިމެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، 45,252 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 372 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 251 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 147 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 1750 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، 4 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، 3 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ
ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އިން މި ކުންފުންޏާއި ޙަވާލުކުރި މި މަޝްރޫޢު އަކީ 49.93 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.
އަދި މި މަޝްރޫޢު ގެ މަސައްކަތް ނިމުނީ 20 އޭޕްރީލް 2020 ވަނަ ދުވަހުއެވެ

އިޝްތިހާރު Below Header ad

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.