އަފްޣާނިސްތާންގައި ޕޯލިއޯ ވެކްސިން ކެމްޕޭން ކުރިއަށް ގެންދިއުމަށް ތާލިބާނުން ހުއްދަދީފި

އަފްޣާނިސްތާން (21 އޮކްޓޯބަރ) – ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއާއި ޔުނައިޓެޑް ނޭޝަންސް ޗިލްރަންސް ފަންޑް (ޔުނިސެފް) އިން ހިންގާ ޕޯލިއޯ ވެކްސިން ކެމްޕޭން އަފްޣާނިސްތާނުގައި އަންނަ މަހު ކުރިއަށް ގެންދިއުމަށް ތާލިބާނުން ހުއްދީ ދީފިކަމަށް އެޖަމިއްޔާއިން ބުނެފިއެވެ.

އެޖަމިއްޔާއިން ބުނެފައި ވަނީ، ތާލިބާންގެ ހުއްދައާއެކު ދޮރުން-ދޮރަށް ހިންގާ މި ވެކްސިން ކެމްޕޭން އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ކެމްޕާންގައި ވެކްސިން ދިނުމުގެ ކަންތައް ކުރިއަށް ގެންދާނީވެސް އަފްޣާނިސްތާންގެ ސިއްޙީ ޚިދުމަތްތެރިން ކަމަށް ވެސް އެފަރާތުން ވަނީ ހާމަކޮށްފައެވެ.

އިޝްތިހާރު Below Header ad

އެޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އަފްޣާނިސްތާންގެ ކޮންމެ ގެއަކަށް ޒިޔާރަތްކޮށް ކުޑަކުދިންނަށް ޕޯލިއޯ ވެކްސިން ދިނުމަށް ކުރިއަށް ގެންދާ މި ކެމްޕޭނަށް އެއްބާރުލުން ދިނުމަށް ތާލިބާންގެ ސަރުކާރުން ނިންމި ނިންމުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ޔުނިސެފުން މަރުހަބާ ކިޔާ ކަމަށެވެ.

ކުޑަކުދިންނަށް ޖެހޭ އަދި މިހާތަނަށް ފަރުވާ ކުރެވިފައި ނުވާ ބައްޔެއް ކަމުގައިވާ ޕޯލިއޯ ހަލުވިކަމާއެކު ފެތުރޭ ޤައުމުތަކުގެ ތެރޭގައި އަފްޣާނިސްތާނާއި ޕާކިސްތާން ހިމެނެއެވެ. ވެކްސިން ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްގެން ދުނިޔޭގެ ގިނަ ޤައުމުތަކުގައި މިބަލި މިހާރުވަނީ އެއްކޮށްހެން ނައްތާލާފައެވެ. އެހެންނަމަވެސް އެކި ސަބަބުތަކަށް ޓަކައި އަފްޣާނިސްތާނާއި ޕާކިސްތާނުގެ ބައެއް ހިސާބުތަކުގައި ވެކްސިން ޕްރޮގްރާމް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވޭގޮތް ވަނީ ނުވެފައެވެ.

އދ އިން ބުނެފައިވާ ގޮތުގައި، ޕޯލިއޯ ފެތުރުން ކުޑަ ކުރުމަށް އަދި އެހެން ޤައުމުތަކަށް ވެސް އޭގެ ސަބަބުން އަސަރު ކުރުމުން ސަލާމަތް ކުރުމަށް މިވަގުތު ވެކްސިން ޕްރޮގްރާމް އަލުން ފެށުމަކީ ވަރަށް ވެސް މުޙިއްމު ކަމެއް ކަމުގައެވެ.

އަފްޣާނިސްތާންގައި ޕޯލިއޯ ވެކްސިން ކެމްޕޭން ފެށުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ. މިއީ 3 އަހަރަށް ފަހު އެސަރަހައްދުގައި ވެކްސިން ޕްރޮގްރާމެއް ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ. މި ކެމްޕޭންގައި އަފްޣާނިސްތާންގައި ދިރިއުޅޭ ހުރިހާ ކުޑަކުދިންގެ އިތުރުން، ކައިރި ހިސާބުތަކުގައި ދިރިއުޅޭ 3 މިލިއަނަށް ވުރެ ގިނަ ކުދިންނަށް ވެސް ވެކްސިން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.