އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު 2021ގެ ރަސްމީ ނަތީޖާ އިޢުލާން ކޮށްފި

25 ސެޕްޓެމްބަރ 2021 ގައި ބޭއްވި، އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު 2021 ގެ ރަސްމީ ނަތީޖާ، އިޢުލާން ކޮށްފި އެވެ.

ދާއިރާތަކުގެ އިންތިޚާބު 2021 ގެ ރަސްމީ ނަތީޖާ

އިޝްތިހާރު Navee1 jpg

ތ.ގުރައިދޫ ދާއިރާ
ނަމަވެސް، ކޮވިޑް 19 ގެ ހާލަތަށް ބަލައި ތ. ދިޔަމިގިލީގައި ވޯޓުލުން ކުރިއަށް ގެންގޮސްފައި ނުވާތީ، މި އިއުލާނުގައި ތ. ގުރައިދޫ ދާއިރާގެ ރަސްމީ ނަތީޖާ ހިމަނާފައިނުވާނެ ކަމަށް އެޕާޓިން ހާމަ ކުރެއެވެ. 25 ސެޕްޓެމްބަރ 2021 ގައި މި ޕާޓީން ނެރުނު އިޢުލާނުގައި ދަންނަވާފައިވަނީ، ތ. ގުރައިދޫ ދާއިރާގެ ވަކި މަޤާމަކަށް ހޮވޭ ފަރާތާއި، އެ ފަރާތާ ވިދިގެން އެންމެ ގިނަ ވޯޓު ލިބުނު ފަރާތާ ދެމެދު އޮތް ފަރަޤަކީ، ތ.ދިޔަމިގިލީގައި ވޯޓުލީނަމަ، ނަތީޖާއަށް ބަދަލުއަންނާނެ ފަރަޤެއް ކަމުގައިވާ ނަމަ، ތ. ދިޔަމިގިލީގައި އޮތް ކޮވިޑްގެ ޙާލަތު ފިލުމުން، އެ ރަށުގައި (އަދި މާލޭ-ދިޔަމިގިލި މެންބަރުންގެ) ވޯޓު ނެގުން، ފަހުގެ ތާރީޚުގައި އޮންނާނެކަމަށެވެ.

އިޝްތިހާރު

މި ގޮތުން، ތ. ގުރައިދޫ ދާއިރާގެ ގުރައިދޫއާއި ގާދިއްފުއްޓާއި، އަދި އެ ދާއިރާގެ މާލޭ ފޮށީގެ ޖުމްލަ ނަތީޖާއަށް ބަލާއިރު، ތ.ދިޔަމިގިލީގައި 25 ސެޕްޓެމްބަރ 2021 ގައި ވޯޓުލީނަމަ، އާޚިރު ނަތީޖާއަށް ބަދަލުއަންނާނެ ވަރަށް، ދެ ކެންޑިޑޭޓުންގެ ދެމެދުގައި ހުރި ފަރަޤު، ހަނިވެފައިވާތީ، އިސްވެ ދެންނެވި މަގުން، ފަހުގެ ތާރީޚެއްގައި، ވޯޓު ނެގުން އޮންނާނެ ވާހަކަވެސް އެޕާޓިން ހާމަކުރެ އެވެ.

ރ.އިނގުރައިދޫ ދާއިރާގެ ނަތީޖާ
ހަމަ މިއާއެކު ރ.އިނގުރައިދޫ ދާއިރާގެ ބައެއް ވޯޓުފޮށި ގުނި ގޮތާމެދު ހުށަހެޅިފައިވާ ޝަކުވާތައް ބެލުމަށްފަހު ޝަކުވާ ބަލާ ކޮމިޓީން ނިންމާފަ ވަނީ އިނގުރައިދޫ ދާއިރާގެ ހުރިހާ ވޯޓު ފޮށްޓެއް އަލުން ގުނުމަށް ކަމަށްވާތީ، އެދާއިރާގެ ވެސް ރަސްމީ ނަތީޖާޝާއިޢުކޮށްފައެއްނުވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.