އެމް.އެން.ޕީގެ ކުރިމަގު ވަރަށް އުޖާލާ

މޯލްޑިވްސް ނޭޝަނަލް ޕާޓީ އަކީ މިހާތަނަށް އެންމެ ގިނަ ފޯމާއެކު ރެޖިސްޓްރީ ކުރުމަށް ހުށަހެޅި ޕާޓި އެވެ.

ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކުން ގިނަ ޢަދަދެއްގެ މީހުންނާއެކު ރަޖިސްޓްރީވެފައިވާ އެޕާޓިއަށް މިހާރުވެސް ދަނީ މީހުން އިތުރުވަމުންނެވެ. ދެމަސްދުވަސް ތެރޭގައި މިހާރުވެސް ފަސް ހާހަށްވުރެ ގިނަ މެންބަރުން ވަނީ އެ ޕާޓީއަށް ސޮއިކޮށްފަ އެވެ. އެ ޕާޓީގެ ސްޕޯކް ޕާސަން އެޓޮލް ނިއުސް އާ ވާހަކަ ދައްކަވަމުން ހާމަކުރެއްވި ގޮތުގައި އެޕާޓިން މަސައްކަތް ކުރަމުން މިދަނީ މި އަހަރު ނިމުމުގެ ކުރިން 10،000 މީހުންގެ ސޮއި ހޯދުމަށެވެ. އަދި 2023 ގައި ވަރަށް ފޮނި އުންމީދެއް ކުރާކަމަށާއި އެއުންމީދަކީ ކޯލިޝަނަކާ ނުލައި އެ ޕާޓީގެ ކެނޑިޑޭޓަކު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމެވެ.

އިޝްތިހާރު Navee1 jpg

ރާއްޖޭގެ އެކި ކަންކޮޅުތަކުން ވަރަށް ގިނަ މީހުން އަމިއްލަޔަށް ގުޅާ ޕާޓީއާ ގުޅުމަށް ޝައުޤުވެރިކަން ފާޅުކުރަމުންދާ ކަމަށްވެސް އެޕާޓީގެ ސްޕޯކް ޕާސަން އަސްރާ ވިދާޅުވި އެވެ.

އިޝްތިހާރު

MNP 02

“މި ޕާޓީއިން ޖެންޑާ އީކުއަލިޓީއަށް ވަރަށް އިސްކަންދޭ، މިގޮތުން އިންޓަރިމް އެގްޒެކެޓިވް ކައުންސިލްގެ  ވަކި މަޤާމުތަކެއް ވަނީ އަންހެންކަނބަލުންނަށް ޚާއްޞަ ކޮށްފަ.” – އަސްރާ ވިދާޅުވި އެވެ.

މީގެ އިތުރަށް އަސްރާ ވިދާޅުވީ މޯލްޑިވްސް ނޭޝަނަލް ޕާޓީ އަކީ ޒުވާނުންނަށް ވަރަށް އިސްކަމެއްދީ، ޒުވާނުން ކުރިއަރުވަން މަސައްކަތް ކުރާ ޕާޓީއެއް ކަމަށާއި މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުން ޒުވާނުން އެ ޕާޓީއާ ގުޅެމުންދާ ކަމަށާއި މިވަޤުތު އެޕާޓިގައި ގިނަ ޒުވާނުންތަކެއް ޙަރަކާތްތެރިވަމުންދާ ކަމަށެވެ.

MNP 03

އަސްރާ ވިދާޅުވާގޮތުގައި ޕާޓީގެ މުއައްސަސުން އެދެނީ އެމް.އެން.ޕީ މެދުވެރިކޮށް ކުރިމަގުގައި އިސްކޮށް ޙަރަކާތްތެރިވާނެ ހަރުދަނާ ޖީލެއް ބިނާކުރުމަށެވެ. އަދި މިހެންވެ މި ޕާޓީގައި ކުރިއަށް ދާން ބޭނުންވާ ހަރުފަތްތަކަށް ވާސިލްވާން އެދޭ ކޮންމެ ފަރާތަކަށްވެސް އެފުރުސަތު އޮތްކަންވެސް މުއައްސަސުން ކަށަވަރުކޮށްދޭކަން ފާހަގަކޮށްފައިވެ އެވެ. އަންހެނުން އަދި ޒުވާނުން އެމް.އެން.ޕީ އިން ކުރިއަރުވާކަމުގެ ފުރިހަމަ ހެއްކަކީ ސްޕޯކްސްޕަރސަން އަސްރާ އެވެ.

ވަރަށް ގިނަ ޕާޓިތައް މިހާރުވެސް އޮތުމާ އަދިވެސް އަލަށް ޕާޓީތައް އުފެދޭއިރުވެސް ކީވެގެންތޯ މޯލްޑިވްސް ނޭޝަނަލް ޕާޓީ އަށް ވަންނަންވީ ސުވާލުކުރުމުން އަސްރާ ވިދާޅުވީ މޯލްޑިވްސް ނެޝެނަލް ޕާޓީއަކީ ޤައުމީ މަސްލަޙަތު ކުރިއަރުވާ ނޭޝަން ފަސްޓް މި ފިކުރު ކުރިއެރުވުމަށް މަސައްކަތްކުރާ ޕާޓީއެއްކަމެވެ. އަދި ޤައުމުގެ އަދުގެ ސިޔާސީ ޙާލަތަށް ބަލާއިރު ފެންނަމުންދާ މަންޒަރަކީ ވަކި މީހެއްގެ މަސްލަޙަތު ކުރިއެރުވުމަށް މަސައްކަތްކުރާ ތަންކަމަށްވާތީ، މިފަދަ ދުވަސްކޮޅެއްގައި ޤައުމީ މަސްލަހަތު އަދި ޤައުމީ ފިކުރު ކުރިއަރުވާ ޕާޓީއެއް އޮތުމަކީ މުހިންމުކަމެއް ކަމުގައެވެ.

MNP 04

ވީމާ އެމް.އެން.ޕީ ޚިޔާރުކުރަންވީ ޤައުމީ ރޫޙު އަށަގަންނަވާ ޤައުމީ ވަންތަ މުޖްތަމަޢެއް ބިނާކޮށްދޭނެތީކަމަށް އަސްރާ ވިދާޅުވި އެވެ. މިގޮތުން އެމް.އެން.ޕީއަކީ ވަކި މީހެއްގެ މަސްލަޙަތު ކުރިއަރުވާނެ ޕާޓީއެއް ނޫންކަމަށާއި އެމް.އެން.ޕީއަކީ ދިވެހި ހުރިހާ ރައްޔިތުންނަށް އިސްކަންދޭނެ ޕާޓީއެއްކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން އިޤްތިޞާދީ ގޮތުން ފުދުންތެރި އުފާވެރި ރައްޔިތުންތަކެއް ބިނާކުރުމަކީ އެޕާޓިގެ ވަރަށް ބޮޑު އަމާޒެއްކަމަށްވެސް އަސްރާ ފާހަގަ ކުރެއްވި އެވެ.

28 ސެޕްޓެންބަރު ވަނަ ދުވަހުވަނީ އިލެކްޝަން ކޮމިޝަނުން ޕާޓީ ރަޖިސްޓްރީ ކުރުމުގެ ފަހު މަރުޙަލާ ކަމަށްވާ، ޖަލްސާ ބޭއްވުމުގެ ހުއްދަދެއްވާފަ އެވެ. މިގޮތުން އޮކްޓޯބަރު މަހު 8 ވަނަ ދުވަހު ޖަލްސާ ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ޖަލްސާގައި އެޕާޓީގެ އިންޓަރިމް އެގްޒެގެޓިވް ކައުންސިލްގެ މަޤާމުތަކަށް މީހުން އިންތިޚާބް ކުރެވިގެންދާއިރު މަޤާމުތަކަށް ކުރިމަތިލުމަށް ހުޅުވާލުމުން 3 އޮކްޓޯބަރުގެ ނިޔަލަށް 54 ނަން ހުށަހެޅިފައިވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.