ޚަބަރު ފީތާ

މ.މުލަކުގެ މަގުހެދުމުގެ މަޝްރޫއު ފެށުމަށް ތައްޔާރު ވެއްޖެ

މ.މުލައް މަގު ހެދުމުގެ މަޝްރޫއުގެ ދަށުން މަސައްކަތަށް ބޭނުންވާ ސަމާނު އެރަށަށް ގެންގޮސްފިއެވެ.

އެގޮތުން މިހާރުވަނީ މަގުހެދުމުގެ މަސައްކަތަށް ތައްޔާރުވެ، ކާސްޓިންގ ޔާޑުގެ މަސައްކަތަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފައެވެ.

މުލަކުގެ މަގުހެދުމުގެ މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާ ސްޓްރަކްޗަރ އިން  އާރުޑީސީއާއި މިއަހަރުގެ އޭޕްރީލް މަހުގެ 5 ވަނަ ދުވަހު ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މިމަޝްރޫއުގައި 6.077 ކިލޯ މީޓރުގެ 6 މަގެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިގެންދާނެއެވެ. 420 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މިމަޝްރޫއުގެ އަގަކީ 106 މިލިއަން ރުފިޔާއެވެ.

މުލަކުގެ މަގުހެދުމުގެ މަޝްރޫއުގައި މަގުތައް ޑިޒައިންކޮށް ހެދުމާއި ފެންހިންދާ ނިޒާމް ގާއިމް ކުރުމާއި ޕޭވްމަންޓް ހެދުން ހިމެނެއެވެ. އަދި މަގުތަކުގައި ނިޝާން ހަރުކުރުމާއި ސްޕީޑް ބްރޭކަރު ހެދުންވެސް ހިމެނެއެވެ.

މީގެއިތުރުން މަގު ބައްތި ހަރުކުރުމާއި މަގުބައްތިއަށް ބޭނުންވާ ކަރަންޓު ކޭބަލް އެޅުންވެސް މިމަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މުލަކުގެ މަގު ހެދުމުގެ މަޝްރޫއު ނިމުމުން މިހާރު އެރަށުގެ ރައްޔިތުންނަށް ދިމާވަމުން އަންނަ ދަތިތަކަށް ޖުމްލަ ހައްލު ލިބިގެންދާނެ އެވެ.

Like
Like Love Haha Wow Sad Angry
1