ޚަބަރު ފީތާ

ވެމްކޯ އިން ޖެންސުން ކުރުމުގެ ފުރަޞަތެއް ދެން ނުދޭނަން – މޭޔަރ ޑރ. މުޢިއްޒު

މާލޭގެ ކުނި މެނޭޖު ކުރުމުގައި ވެމްކޯ އިހުމާލުވެފައިވާތީއާއި ސިޓީ ކައުންސިލާ އެކު ވެފައިވާ އެއްބަސް ވުމާ އެއްގޮތަށް ޢަމަލު ކުރަމުން ނުދާތީ މިކަން ޙައްލު ކުރުމަށް ސިޓީ ކައުންސިލުން މަސައްކަތް ކުރުމަށް ފަސް ނުޖޭހޭނެ ކަން މާލެ ސިޓި ކައުުންސިލްގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅު ވެއްޖެ އެވެ.

މާލޭގެ ކުނި މެނޭޖު ކުރުމަށް ކޮންމެ މަަހަކުވެސް ބޮޑު ޚަރަދެއް ސިޓީ ކައުންސިލުން ވެމްކޯ އަށް ކުރާއިރުވެސް މިކަން ރަނގަޅަށް ނުކުރެވޭކަން މޭޔަރ ޑރ.މުޢިއްޒު ފާހަގަ ކުރެއްވި އެވެ.

މުޢިއްޒު މިހެން ވިދާޅުވީ ކުނި މެނޭޖު ކުރުމުގައި ވެމްކޯ އިން މިހާރު ޢަމަލު ކުރަމުން ދަނީ ޖެއްސުން ކުރާ ގޮތަށްކަމަށް ފާހަގަ ކުރައްވާ ކުރި ޓުއިޓެއްގަ އެވެ.

“މަގުމަތި ސާފުކޮށް ބޭއްވުމަށް ވެމްކޯ އަށް ފައިސާ ދީގެން ސިޓީ ކައުންސިލުން ކުރުވާ މަސައްކަތް ވެމްކޯ އިން ނުކޮށް ރައްޔިތުންނަށާއި ސިޓީ ކައުންސިލަށް ޖެއްސުންކުރާކަށް ފުރުސަތު ނުދޭނަން. އެ ކަމަށް ސިޓީ ކައުންސިލް އިން އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅަން ފަސްނުޖެހޭނެ ވާހަކަ ދަންނަވަން” – ޑރ. މުޢިއްޒު.

 

 

 

Like
Like Love Haha Wow Sad Angry
2
%d bloggers like this: