
އއ. އުކުޅަހު ބަނދަރުގެ އެއްގަމުތޮށްޓާއި ޖެޓީ މަޝްރޫޢުގެ މަސައްކަތުގެ 84 ޕަސެންޓް ނިމިއްޖެ
އއ. އުކުޅަސް ބަނދަރުގެ އެއްގަމުތޮށި ލުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 84 ޕަސެންޓް ނިމި ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވަނީ ނިމިފައެވެ.
މި މަޝްރޫޢުގެ ދަށުން،19,630 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 31 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 136 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 138.73 މީޓަރުގެ ޖެޓީއެއް ހެދުމާއި، 580 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީ އިން ހާމަ ކުރެއެވެ.
މި މަޝްރޫޢަކީ 19.9 މިލިއަން ރުފިޔާގެ މަޝްރޫޢެކެވ.