
ތައުލީމީ ދާއިރާގެ މުވައްޒަފުން ކޮވިޑް-19 ވެކްސިން ޖެހުމަށް ޚާއްސަ ކެމްޕެއިނެއް ފަށައިފި
ތައުލީމީ ދާއިރާގެ މުވައްޒަފުން ކޮވިޑް-19 ވެކްސިން ޖެހުމަށް ޚާއްސަ ކެމްޕެއިނެއް ފަށައިފި އެވެ.
”ދަރިވަރުންނަށް ރައްކާތެރިކަން“ މި ޝިޢާރުގެ ދަށުން ފެށި މި ކެމްޕޭނަކީ އެޑިއުކޭޝަން މިނިސްޓްރީ އާއި ސްކޫލްތައް ގުޅިގެން ފެށި ކެމްޕޭނެކެވެ. އަދި ކިޔެވުން މެދު ނުކެނޑި ކުރިޔަށް ގެންދިއުމަށް ވެކްސިންގެ ޑޯޒުތައް ފުރިހަމަ ކުރުމަށް ބާރު އެޅުމަކީ ވެސް މި ކެމްޕޭނުގެ މަގުސަދެކެވެ.
މި ކެމްޕެއިންގެ ތެރެއިން ސްކޫލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ޓީޗަރުން ކޮވިޑް ވެކްސިންގެ ދެ ޑޯޑު ފުރިހަމަ ކޮށްފައިވޭތޯ ކަށަވަރުކޮށް ނުޖަހާ ފަރާތްތަކަށް އެކަމަށް ބާރުއެޅުމަށް ވެސް ވަނީ ނިންމާފަ އެވެ.
އެޑިއުކޭޝަން މިނިސްތްރީން ބުނީ މި ކެމްޕެއިންގައި ކޮވިޑް-19އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ މުހިއްމުކަމާ ގުޅޭ މަޢުލޫމާތު ޓީޗަރުންނާއި ތަޢުލީމީ ދާއިރާގެ މުއައްޒަފުން މެދުވެރިކޮށް ދެވޭނެ ކަމަށެވެ.
މި ކެމްޕެއިން ސްކޫލްތަކުގައާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރިއަށްދާނެ އެވެ.
ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި، ދަރިވަރުންނާއި ގުޅުންހުރި ހުރިހާ ފަރާތްތަކަކީވެސް ކޮވިޑް-19 އިން ރައްކާތެރިވުމަށް، ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ހެދުމުގެ ގޮތުން އެޑިއުކޭޝަން ދާއިރާގެ ގިނަ އަދަދެއްގެ މުއައްޒަފުން މިހާރުވެސް ވަނީ ވެކްސިން ފުރިހަމަ ކޮށްފަ އެވެ.
މީގެ އިތުރުން ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ސްކޫލްތަކުގައި ވަނީ ހަރުދަނާ ފިޔަވަޅު ތަކެއް އަޅާފަ އެވެ.
ދަރިވަރުންގެ ކިޔެވުން ހުއްޓުނަނުދީ ކުރިއަށް ގެންދިއުމަށްޓަކައި، ދަރިވަރުންގެ ރައްކާތެރިކަމަށްޓަކައި، މުދައްރިސުންނާއި ބެލެނިވެރިންނާއި ސްކޫލުތަކުގެ އެންމެހާ މުވައްޒަފުން ވެކްސިންގެ ޑޯޒުތައް ފުރިހަމަ ކޮށްދެއްވާ!#ދަރިވަރުންނަށްރައްކާތެރިކަން#އެންމެންއެކުގައި#އުފަލުގައިކިޔަވަމާ pic.twitter.com/Afj8IFKK5S
— Aishath Ali (@aisthly) August 5, 2021