
ކޮވިޑުގައި އިތުރު 104 މީހުން ރާއްޖެއިން ޕޮޒިޓިވް ވެއްޖެ
ކޮވިޑުގައި އިތުރު 104 މީހުން ރާއްޖެއިން ޕޮޒިޓިވް ވެއްޖެ އެވެ.
އެޗްޕީއޭ އިން ބުނީ މާލެއިން 35 މީހުންނާއި އަތޮޅުތަކުން 56 މީހުންނާއި ރިސޯޓުތަކުން 13 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
މިއާއެކު ރާއްޖެއިން ކޮވިޑަށް 77،999 މީހުން ޕޮޒިޓިވް ވެފައިވާ އިރު، 75،253 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ.
ފާއިތުވި 24 ގަޑި އިރު، 6،237 ސާމްޕަލް ނަގާފައިވާ އިރު، އެކްޓިވް ކޭސްގެ ގޮތުގައި 2،512 ވަނީ ރެކޯޑު ކުރެވިފަ އެވެ.
ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން 20 މީހުންނަށް ފަރުވާ ދޭ އިރު، 222 މީހުން ވަނީ ނިޔާވެފަ އެވެ.
✳️ COVID-19 : Case Updates pic.twitter.com/OkFs87QtH6
— Health Protection Agency (@HPA_MV) August 5, 2021