
ކަސްޓަމްސްގައި ހުރި 11250 ލީޓަރު ބަނގުއާވި ނައްތާލައިފި
ކަސްޓަމްސްގައި ހުރި 11250 ލީޓަރު ބަނގުއާވި ނައްތާލައިފި އެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން މި ތަކެތި ނައްތާލާފައިވަނީ މި އޯގަސްޓު މަހުގެ 3 ވަނަ ދުވަހު ތިލަފުށީގަ އެވެ. އަދި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގަ އެވެ.
މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ޤަވާއިދުގެ 269 ވަނަ މާއްދާގެ ދަށުން ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން ނުވަތަ މިނޫންވެސް ސަބަބަކާހުރެ ނައްތާލުމުގައި ކަސްޓަމްސްއިން ޢަމަލުކުރާ އުޞޫލުގެ ދަށުން ނައްތާލެވުނު ތަކެއްޗެވެ.
އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ނައްތާލެވިދާނެކަމަށް ކަސްޓަމްސްގެ ޢާންމު ޤަވާއިދުގައި ބަޔާންކުރެވިފައި ވެއެވެ.