![Dr. Mausoom](/wp-content/uploads/Dr.-Mausoom.jpg)
ޑރ. މައުސޫމުގެ ބަހުގެ ހޫނު ހަމަލާތަކެއް އިދިކޮޅަށް!
ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމްގެ ބަހުގެ ހޫނު ހަމަލާތަކެއް ސިޔާސީ އިދިކޮޅު ފަރާތްތަކަށް އަމާޒުކޮށް، ރައިށް ސޯލިހަށް ތަޢުރީފުގެ ބަސްތައް އަމުނާލައިފި އެވެ.
ޑރ. މައުސޫމު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިދިކޮޅުޕާޓީީގެ ބައެއް އިސް ބޭފުޅުން ”ނާވާދަވެރި“ ގޮތަކަށް ބަސް ވިދާޅުވުމުން ދޭހަވަނީ އިންތިޚާބު އިއުލާނުކުރުމުގެ މާކުރިން އެވެރިން ބަލި ގަބޫލު ކޮށްފިކަން ކަމަށެވެ.
“ ރައީސް ޞާލިޙު ހަމަ މޮޅީ! އެކޮނުމީ ފުލުގަޖައްސާލި ކޮވިޑުތެރޭވެސް ޤައުމު ހިންގަމުން އެ ގެންދަވަނީ އެއުރެން ޖޭ ވާހާ މޮޅަށް.“ މިނިސްޓަރ މައުސޫމުގެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.
އިދިކޮޅުޕާޓީީގެ ބައެއް އިސް ބޭފުޅުން "ނާވާދަވެރި" ގޮތަކަށް ބަސް ވިދާޅުވުމުން ދޭހަވަނީ އިންތިޚާބު އިއުލާނުކުރުމުގެ މާކުރިން އެވެރިން ބަލި ގަބޫލު ކޮށްފިކަން. ރައީސް ޞާލިޙު ހަމަ މޮޅީ! އެކޮނުމީ ފުލުގަޖައްސާލި ކޮވިޑުތެރޭވެސް ޤައުމު ހިންގަމުން އެ ގެންދަވަނީ އެއުރެން ޖޭ ވާހާ މޮޅަށް.
— Abdulla Mausoom (@Mausoom_Maus) August 2, 2021
އެމަނިކުފާނު މިފަދައިން ޓްވީޓު ކުރެއްވުމުން، އެއަށް ރައްދުދީ ގިނަ ފަރާތްތަކުން އަންނަނީ ފާޑުކިޔަމުން ނެވެ.