ކަމާލުއްދީނުގެ ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ އުފައްދަން ހުއްދަ ދީފި

ޢަބްދުﷲ ކަމާލުއްދީނުގެ ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ އުފައްދަން އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފި އެވެ.

ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ ގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ ހުއްދަ އީސީން ހުއްދަ ދީފައިވާ އިރު، އެ ޕާޓީގެ ރަޖިސްޓްރީކުރަން ކަމާލުއްދީން އެންމެ ފުރަތަމަ ހުށަހެޅުއްވި ފޯމު ބާތިލުކުރީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ދަފްތަރުގައި ޢަބްދުﷲ ކަމާލުއްދީންގެ ނަން އޮތުމުން ނެވެ.

އިޝްތިހާރު Below Header ad

އެހެންކަމުން އޭނާ އެ ޕާޓީން ވަކިވެވަޑައިގަތުމަށް ފަހު، އަލުން ފޯމު ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ.

ޢަބްދުﷲ ކަމާލުއްދީނަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ގިނަ ދުވަސްތަކެއް ވަންދެން ކެބިނެޓުގައި މަސައްކަތް ކުރެއްވި ޚިދުމަތްތެރިއެކެވެ.

ކަމާލުއްދީން މީގެ ކުރިން ވިދާޅުވެފައިވަނީ އައު ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމެވީ އާ ގަރުނެއް ފެށި، 21 އަހަރު ވެގެން ދިޔަ އިރުވެސް ގައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ހައްލެއް ނުލިބި، އަބަދުވެސް މައްސަލަގަނޑެއްގައި ގައުމު އުޅެން ޖެހިފައިވާތީ، އެކަންކަމަށް އަޑު އުފުލައި ހައްލު ހޯދުމުގެ ބޭނުމުގައި ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.