
11،100 ލީޓަރު ބަނގުއާވި ކަސްޓަމްސް އިން ނައްތާލައިފި
11،100 ލީޓަރު ބަނގުއާވި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ނައްތާލައިފި އެވެ.
ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި މިތަކެތި ނައްތާލާފައިވަނީ މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހު އެވެ. އަދި އެތަކެތި ނައްތާލީ ތިލަފުށީ ކުނި ނައްތާލާ ސަރަޙައްދުގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޟިރުގަ އެވެ.
މިތަކެއްޗަކީ ކަސްޓަމްސްގެ އާންމު ޤަވާއިދުގެ 269 ވަނަ މާއްދާގެ ދަށުން ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން ނުވަތަ މިނޫންވެސް ސަބަބަކާހުރެ ނައްތާލުމުގައި ކަސްޓަމްސްއިން ޢަމަލުކުރާ އުޞޫލުގެ ދަށުން ނައްތާލެވުނު ތަކެއްޗެވެ.
އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ނައްތާލެވިދާނެކަމަށް ކަސްޓަމްސްގެ ޢާންމު ޤަވާއިދުގައި ބަޔާންކުރެވިފައި ވެއެވެ.
ތީހާދަގިނަ ރުފިޔާއެކޭ ހުއްދަދީގެން އެތެރެކޮށްފަހުރިއެއްޗެއްތީ އެފަރާތްތަކަށް ވިއްކުމުގެފުރުޞަތު ނުދިނީކީއްވެތޯ