މެސުޓް އޮޒިލް ކާމިޔާބުކޮށްދިން ލަނޑާއެކު އާސެނަލް މޮޅުވެ ދެވަނަ ބުރައް.

ފަހުވަގުތު އޮޒިލް ކާމިޔާބުކޮށްދިން ލަނޑުން ލުޑޮގޮރެޓްސްގެ މައްޗަށް ކުރި ހޯދައި ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް އާސެނަލް ދަތުރުކޮށްފިއެވެ.

ރޭގެ މެޗުން އާސެނަލް މޮޅުވީ 2-3 ގެ ނަތީޖާއިން ލުޑޮގޮރެޓްސްގެ މައްޗަށް ކުރި ހޯދައިގެންނެވެ.

އިޝްތިހާރު Below Header ad

ލުޑޮގްރެޓްސްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ 20 މިނެޓްތެރޭ ލުޑޮގްރެޓްސްއިން ވަނީ ދެ ލަނޑު ޖަހާ އާސެނަލްގެ މައްޗަށް ލީޑުނަގާފައެވެ. ލުޑޮގޮރެޓްސްގެ އިން ޖެހި މި ގޯލްތައް ކާމިޔާބުކުރީ ޖޮނަތަން ކަފޫ އާއި ކެސެއިރޫއެވެ.

މި ދެ ގޯލަށްފަހު އާސެނަލްއިން ކުޅުން ރަނގަޅުކޮށް އެޓީމުން ވަނީ ލުޑޮގޮރެޓްސްގެ ގޯލައް ނުރައްކާ ކޮށްފައެވެ. އެގޮތުން ގްރެނިޓް ޒާކާ ވަނީ އާސެނަލްއަށް ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.

އަދި މެޗުގެ ފުރަތަމަ ހާފް ނިމެން ދަނިކޮށް އޮލިވިއޭ ޖިރޫ ވަނީ އާސެނަލްގެ ދެވަނަ ލަނޑުޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފް ނިމުނުއިރު މި މެޗުން މޮޅުވުމަށް އާސެނަލްއިން ވަނީ އިތުރަށް ކުޅުން ވަރުގަދަ ކޮށްފައެވެ. އެގޮތުން ލުޑޮގޮރެޓްސްގެ ފަހަތައް ބާރުބޮޑުކޮށް އެޓީމުން ދިޔައީ ގިނަ ހަމަލާތަކެއްވެސް އުފައްދަމުންނެވެ.

އެގޮތުން އާސެނަލްއަށް މެޗުގެ ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު މެޗުގެ އެންމެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ މެސުޓް އޮޒިލްއެވެ.

މި މޮޅާއެކީ ގްރޫޕް ސްޓޭޖުގައި ބާކީ ދެ މެޗު އޮއްވާ އާސެނަލް ދެވަނަ ބުރަށް ދަތުރުކުރީ، ހަތަރު މެޗުން ލިބުނު 10 ޕޮއިންޓާއެކީގައެވެ. މި އަދަދަށް ގްރޫޕްގެ ދެވަނައިގައި އޮތް ޕީއެސްޖީއަށް ވެސް ޕޮއިންޓް ލިބިފައިވާއިރު، އެޓީމުވެސް ވަނީ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. ގްރޫޕްގެ ތިންވަނައިގައި އޮތް ބާސެލް އަދި ފުލުގައި އޮތް ލުޑޮގްރެޓްސްއަށް ލިބެނީ އެއް ޕޮއިންޓެވެ.

ގްރޫޕް ސްޓޭޖުގައި އާސެނަލް ދެން ބައްދަލުކުރާނީ، ޕީއެސްޖީއާއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.