
ރާއްޖެއިން އިތުރު 105 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
ރާއްޖެއިން އިތުރު 105 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވް ވީ މާލެއިން 22 މީހުންނާއި އަތޮޅުތަކުން 68 މީހުން ކަމަށެވެ. އަދި ރިސޯޓުތަކުން 15 މީހުން ކަމަށެވެ.
މިއާއެކު 76،953 މީހުންނަށް ރާއްޖެއިން ކޮވިޑު ޖެހުނު އިރު، 74،110 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.
ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން 16 މީހުންނަށް ފަރުވާދޭ އިރު، މި ބަލީގައި ރާއްޖެއިން މިހައިތަނަށް 220 މީހުން ވަނީ ނިޔާވެފަ އެވެ.
✳️ COVID-19 : Case Updates pic.twitter.com/EmRJRyV83R
— Health Protection Agency (@HPA_MV) July 27, 2021