
ރައީސް ސޯލިހު ޔޫއޭއީއަށް ފުރާވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) އަށް މިއަދު ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ވިދާޅުވީ އެމަނިކުފާނު ދުބާއީއަށް ކުރައްވާ މި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ.
މި ދަތުރުފުޅު ނިންމަވާލައްވައި އެނބުރި ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މި ޖުލައި މަހުގެ 31 ވަނަ ދުވަހު ކަމަށް ވެސް ރައީސް އޮފީހުން ވަނީ ވުިދާޅުވެފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ދާދިފަހުން ވަނީ އަވަށްޓެރި ސްރީލަންކާއަށް ވެސް ނުރަސްމީ ދަތުރުފުޅެއް ކުރައްވާފަ އެވެ.
އެގޮތުން ޖުލައި މަހުގެ20 އިން23 ގެ ނިޔަލަށް ކުރެއްވެވި މި ދަތުރުފުޅުގައި ސްރީލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސަގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާ، ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ވަނީ މަޝްވަރާ ކުރައްވާފަ އެވެ. އަދި ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ކުރެވޭ މަސައްކަތާއި، އެ މަސައްކަތުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފަ އެވެ.