މިދިޔަ ޖެނުއަރީ ފަހުން ޗައިނާއިން އެންމެ ގިނަ މީހުންނަށް ކޮވިޑު ޖެހުނީ މިއަދު

ޗައިނާއިން މިއަދު 76 މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިއީ މިދިޔަ ޖެނުއަރީގެ ފަހުން އެންމެ ގިނަ މީހުންނަށް ކޮވިޑު ޖެހުނު ދުވަހެވެ. މިއަދު ޕޮސިޓިވްވި އެންމެންނަކީ ޖިއަންޒޫ ޕްރޮވިންސް އިން ކޮވިޑަށް ޕޮސިޓިވްވި މީހުންނެވެ.

އިޝްތިހާރު Below Header ad

އޭގެ ތެރެއިން 40 މީހުންނަކީ އެ ސިޓީން ބަލި ޖެހުނު މީހުންކަމަށާއި ބާކީ ޕޮސިޓިވްވި މީހުންނަކީ ޗައިނާއަށް އެހެން ގައުމުތަކުން އެތެރެވި މީހުން ކަމަށްވެ އެވެ. ޗައިނާއިން މިހާރު ޕޮސިޓިވްވާ ގިނަ މީހުންނަކީ އެގައުމަށް އެތެރެވާ މީހުންނެވެ. ގައުމުގައި ދިރިއުޅޭ މީހުންގެ މެދުގައި ވަރަށް ބަލި ނުފެތުރެ އެވެ.

10 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޖިއަންޒޫ ޕްރޮވިންސް އިން 40 ކޭސް ފެނުމާއި އެކު ކަމާ ބެހޭ ފަރާތްތަކުން ވަނީ ކޮވިޑް ޓެސްޓު ކުރުން ވަރަށް ގަދަޔަށް ކުރިޔަށް ގެންދަން ފަށާފައި އެވެ.

ޗައިނާގެ ވެރިރަށް ބެއިޖިން އަކީ މިހާރު އެއްގޮތަކަށްވެސް ކޮވިޑް ނުފެންނަ ސިޓީ އެކެވެ. އަދި ފުރަތަމަ ކޮވިޑު ފެނުނު ވޫހާން ސިޓީންވެސް ކޮވިޑު ކޭސްއެއް ނުފެންނަތާ އެތައް ދުވަހެއް ވެފައި ވީނަމަވެސް އެންމެ މީހަކަށް ބަލި ޖެހުނަސް ވަރަށް ފުޅާކޮށް ކޮންޓެކްޓު ޓްރޭސިން ހަދާތީ ބަލި ފެތުރުން އޮންނަނީ އެހެން ސިޓީތަކުގައިވެސް ކޮންޓްރޯލްވެފައި އެވެ.

އެކަމަކަު އެހެން ޕްރޮވިންސްތަކަކުން ފެނުނު ކޮވިޑު ކޭސްތަތަކާއި ގުޅިގެން ހެދި ކޮންޓެްޓް ޓްރޭސިންގެ ތެރެއިން އިތުރު ބަޔަކު ޕޮސިޓިވްވެފައިވާތީ މަދުން ނަމަވެސް ފެންނަ ކޭސްތަކުގެ ސަބަބުން އަނެއްކާވެސް ޗައިނާއަށް ކޮވިޑުުގެ ރާޅެއް އެރުމަކީ ވެދާނެ ކަމެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެހެންވެ އެ ޕްރޮވިންސްތަކުގެ ހުރިހާ ގޭގެއަކުން ކޮވުޑް ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި އެވެ. މީގެ ތެރެއިން ޗައިނާއަށް ކޮވިޑު ރާޅު އެރުމުގެ ފުރުސަތު ބޮޑީ ޔުނާން ޕްރޮވިންސް އިންނެވެ.

އެއީ ސެ ޕްރޮވިންސް އާއި މިއަންމާގެ ބޯޑަރު ގުޅޭތީ އެވެ. އެގޮތުން މިދިޔަ މަހު79 މީހުން ޗައިނާއިން ކޮވިޑު ޖެހުނު ދުވަހަކު ބަލި ޖެހުނު ދެބައިިކުޅަ އެއްބައި މީހުންނަކީ ބޯޑަރު ހުރަސްކޮށް މިއަންމާއިން ޗައިނާއަށް އެތެރެވި މީހުންނެވެ.

އެހެންވެ މިހާރު ޔުނާން ޕްރޮވިންސްގައި އާންމުން ދިރިއުޅޭ ސަރަހައްދުތަކާއި ސުޕާމާކެޓްތަކާއި މިނޫންވެސް އާންމުން ގިނައިން ގޮސް އުޅޭ ތަންތަނުގައި އާންމުންެގެ މޫނު ދެނެގަންނަން ވަނީ ފަށާފައިި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.