ޚަބަރު ފީތާ

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރަން ގޮވާލަން، ނަޝީދު ހުށަހެޅުއްވި ގަރާރު ފާސްކޮށްފި

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށް ގޮވާލަން އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅި ގަރާރު ފާސްކޮށްފި އެވެ.

މި ގަރާރު އެ ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހެޅުއްވީ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ގަރާރު ފާސްވީ ގައުމީ މަޖިލީހުގެ 39 މެމްބަރުންގެ ތާއީދާއި އެކު އެވެ.

މިރޭގެ ޖަލްސާގައި ގަރާރަށް ދެކޮޅަށް ވޯޓުދެއްވި މެމްބަރުންގެ އަދަދު ހާމައެއް ނުކުރައްވަ އެވެ. އެކަމަކު މިރޭގެ ވޯޓުގައި ސަރުކާރުގައި ހިމެނިވަޑައިގެންނަވާ އެއްވެސް ވަޒީރަކު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކޮށް ވާހަކަދައްކަވާ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.

އެ ގަރާރުގައިވާގޮތުން ގަރާރުގެ ބޭނުމަކީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ޓެރަރިސްޓުން ހައްޔަރު ކުރުމަށް ފުލުހުންނަށް ފުރުސަތު ދިނުމެވެ.

ރައީސް ނަޝީދު ވަނީ މިއަދު ހަވީރުގެ ވަގުތެއްގައި މިގޮތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ޖެހޭ ކަމަށް އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ވިދާޅުވެފަ އެވެ.

އެމަނިކުފާނު އެގޮތަށް ގޮވާލައްވާފައިވަނީ ފުލުހުންނާއި ޕީޖީ އޮފީސް ގުޅިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރި މައުލޫމާތުގެ މައްޗަށް ބިނާކުރައްވަ އެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: