ދިރާގު ޓީވީ އަދި ދިރާގު ޕްލޭ މެދުވެރިކޮށް ޓޯކިޔޯ އޮލިމްޕިކްސް ބަލާލެވޭނެ އިންތިޒާމު ހަމަޖައްސައިފި

ދިރާގު ޓީވީ އަދި ދިރާގު ޕްލޭ މެދުވެރިކޮށް ޓޯކިޔޯ އޮލިމްޕިކްސް ބަލާލެވޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

ކޮވިޑް19 އާ ގުޅިގެން އެއް އަހަރު ދުވަހަށް ފަސް ކުރުމަށް ފަހު، ޓޯކިޔޯ އޮލިމްޕިކްސް 2020 މުބާރާތް މިހާރު ފަށާފައިވާ އިރު، ދިރާގުން ބުނީ ރާއްޖޭގެ ހުނަރުވެރި އެތްލީޓުން ބައިވެރިވާ މި މުބާރާތް ސޮނީ ސިކްސް، ސޮނީ ޓެން 2 އެޗް.ޑީ އަދި ޔޭސް ޓީވީ މެދުވެރިކޮށް އޮލިމްޕިކްސްގެ ހުރިހާ ގޭމެއް ބަލާލެވޭނެ ކަމަށެވެ.

އިޝްތިހާރު Below Header ad

އެންމެ ފުރިހަމަ ކޮލިޓީގައި ދިރާގު ޓީވީ އަދި ދިރާގު ޕްލޭ އިން ބެލޭނެ ގޮތް ދިރާގުން ހަމަޖައްސާފައިވާ އިރު، މިއަހަރުގެ މި ޝަރަފުވެރި މުބާރާތުގައި ރާއްޖޭގެ 4 އެތްލީޓުން ވާދަކުރެއެވެ. އޭގެތެރޭގައި ދިރާގު ބްރޭންޑް އެމްބެސެޑަރ އަދި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ވެސް ހިމެނެ އެވެ.

މުނިފޫހިފުލުވުމުގެ އެތައް ޗެނަލެއް ހިމެނޭ ދިރާގު ޓީވީ މެދުވެރިކޮށް ކަސްޓަމަރުންނަށް “ހައި ޑެފިނީޝަން (އެޗްޑީ)”  ކޮލިޓީގައި އެއް-ޑިވައިސް އަށްވުރެ ގިނަ ޑިވައިސް އިން އެއްފަހަރާ، އެއް ޔޫސަރ ނޭމް އަދި ޕާސްވޯޑެއް ބޭނުންކޮށްގެން ޓީވީ ބަލާލެވޭނެ އެވެ.

އެގޮތުން ދިރާގު ޓީވީ ކަސްޓަމަރުން ތެރެއިން ބޭސިކް ޕްކޭޖުން ފެށިގެން މަތީގެ ޕެކޭޖްތައް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށް ކޮންމެ ތަނެއްގައި ހުރެވެސް އޮލިމްޕިކްގެ ގޭމްތައް ފަސޭހަކަމާއެކު ބަލާލެވޭނެ އެވެ.

މީގެ އިތުރުން، ދިރާގު ޕްލޭ އެޕް މެދުވެރިކޮށް، ޖީ.އެސް.ޓީ ނުލާ މަހަކު އެންމެ 65 ރުފިޔާއަށް މެޗްތަކާއި މުނިފޫހިފިލުވުމުގެ ގިނަ ޗެނަލްތައް މޮބައިލް ފޯން ފަދަ ޑިވައިސްތަކުން ކޮންމެ ތަނެއްގައި ހުރެވެސް ބަލާލެވޭނެ އެވެ. އަދި ދިރާގު ވައިފައި ނެޓްވޯކެއްގައި ދިރާގު ޕްލޭ އިތުރު ޑޭޓާ ޚަރަދެއް ނުހިނގާ ބަލާލެވޭނެ އެވެ.

ދިރާގުޓީވީން އަބަދުވެސް ބަލަނީ ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ބޭނުންތަކަށް ބަލައިގެން އެންމެ ފަހުގެ އަދި އެންމެ ކޮލިޓީ މުނިފޫހި ފިލުވުމުގެ ކޮންޓެންޓާއި އޮފަރތައް ދިރާގު ޓީވީ މެދުވެރިކޮށް ގެނެސްދީ ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށެވެ.

ދިރާގުން އެދެނީ އޮލިމްޕިކްސް 2020 ގައި ބައިވަރިވި ހުރިހާ ދިވެހި އެތްލީޓުންނަށް ކާމިޔާބީއަށެވެ.

ދިރާގުން ވަނީ ސާއިދާއި ދިވެހި އެލްތީޓުންނަށް ސޯޝަލް މީޑިއާގައި ކާމިޔާބީ ހޯދުމަށް ހިތްވަރު ދީފަ އެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.