ޚަބަރު ފީތާ

ރައީސް ނަޝީދަށް ދިން ހަމަލާ އާ ގުޅިގެން ފުލުހުންނާއި ޕީޖީ ބާއްވާ ޚާއްސަ ޕްރެސް އެއް މިރޭ!

ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ޓެރަރިސްޓު ހަމަލާ އާ ގުޅިގެން ފުލުހުންނާއި ޕީޖީ ބާއްވާ ޚާއްސަ ޕްރެސް އެއް މިރޭ އޮންނާނެ އެވެ.

މި ޕްރެސް ބޭއްވުމަށް ނިންމާފައިވަނީ މިރޭ 08:40 ގަ އެވެ. އަދި މި ޕްރެސް ގައި މަޢުލޫމާތު ދެއްވާނީ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދާއި ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް އާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް، އެމަނިކުފާނުގެ ގެކޮޅު ކައިރީގައި އެއްޗެއް ގޮއްވާލާފައިވަނީ މޭ މަހުގެ ހަވަނަ ދުވަހުގެ ރޭ 8:20 ހާއިރު އެވެ.

އެމަނިކުފާނު ގެއިން ނިކުންނަވާ، ކާރުކޮޅަށް އަރައިވަޑައިގަތުމަށް ދަނިކޮށް އެސަރަހައްދުގައި ޕާކް ކޮށްފައި ހުރި ސައިކަލެއްގައި އެއްޗެއް ގޮއްވާލައިގެން ދިން މި ޙަމަލާގައި އެމަނިކުފާނު ވަނީ ވަރަށްބޮޑަށް ޒަޚަމްވެވަޑައިގެންފަ އެވެ.

މި ޒަޚަމްތަކަށް އެމަނިކުފާނި އެންމެފުރަތަމަ ފަރުވާހޯއްދެވީ އޭޑީކޭ ހޮސްޕިޓަލުން ނެވެ. އަދި އެއަށް ފަހު، ޖަރުމަނަށް ވަޑައިގެން ފަރުވާ ހޯއްދެވުމަށް ފަހު، މިހާރު ހުންނެވީ ލަންޑަންގަ އެވެ.

މި ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ވަނީ އިންކުއަރީ ރިޕޯޓެއް ތައްޔާރުކުރުމަށް ފަހު ރައީސް ސޯލިހަށާއި އުއްތަމަ ފަނޑިޔާރަށް އަރުވާފަ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައި ވަނީ މިދިޔަ މަހުގެ ހަ ވަނަ ދުވަހު އެވެ.

Like
Like Love Haha Wow Sad Angry

ޚިޔާލު 1 on "ރައީސް ނަޝީދަށް ދިން ހަމަލާ އާ ގުޅިގެން ފުލުހުންނާއި ޕީޖީ ބާއްވާ ޚާއްސަ ޕްރެސް އެއް މިރޭ!"

  1. ރައިސް ނަސީދައް ދިންހަމަލާގެ އަސްލު ދެނެގަނެ އެނުލަފާ ޖަރީމާ ހިންގި މީހުންނައް އެކަށޭނަ އުގޫބާތެއް ދެވެންޖެހޭނެ

Comments are closed.