ޚަބަރު ފީތާ

ޅައިމަގުގަ ކަފަ މާލި ހެދިގެން އުޅެނިކޮށް މީހެއްގެ ގައިގަ އަލިފާން ރޯވެއްޖެ

ޅައިމަގު -- ފޮޓޯ: ޑޯން ސްކައި ފޭސްބުކް ޕޭޖު

ށ. ޅައިމަގުގަ އީދު ފާހަގަ ކުރަން ކަފަ މާލި ހެދިގެން އުޅެނިކޮށް މީހެއްގެ ގައިގަ އަލިފާން ރޯވެއްޖެ އެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު ފަހު ކޯޑި ކުޅެނިކޮށް ކަމަށްވެ އެވެ. ހާދިސާގައި ފިހިފައިވަނީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިގަ އެވެ.

ޅައިމަގު ކައުންސިލުން މީޑިއާގައި ބުނީ އެމީހާއަށް ފަރުވާ ދެމުން ދަނީ އެ ރަށު ސިއްހީ މަރުކަޒުގައި ކަމަށެވެ. އަދި ހާލު ސީރިއަސް ކަމަށާއި ފިހިފައިވަނީ ގާތްގަނޑަކަށް އެމިހާގެ ހަށިގަނޑުގެ 25 ޕަސެންޓު ކަމަށެވެ.

މި ހާދިސާ ހިނގީ ކަފަ މާލި ހެދުނު މީހާ ސިނގިރޭޓެއް ބޯން އުޅުމުގެ ތެރޭގައި ކަމަށް މަންޒަރު ދުށް މީހުން މީޑިއާގައި ބުނެފައިވެ އެވެ. އެމީހާއަށް ސިނގިރޭޓު ރޯކޮށްދިނީ އެހެން މީހެކެވެ.

އަލިފާން ރޯވުމުގެ ސަބަބުން ފިހިފައިވަނީ އެމީހާގެ ބުރަކަށްޓެވެ.

މި ހާދިސާގައި އިތުރު މީހަކަށް އަނިޔާއެއް ނުވެ އެވެ.

Like
Like Love Haha Wow Sad Angry

ޚިޔާލު 1 on "ޅައިމަގުގަ ކަފަ މާލި ހެދިގެން އުޅެނިކޮށް މީހެއްގެ ގައިގަ އަލިފާން ރޯވެއްޖެ"

  1. ތިޔަ ބޯދާ މޮޔަ ވައްތަރުތައް ހުއްޓާކަށް ނުވޭތަ!
    މަތިވެރި އިންސާނާ އޭނާގެ ދަރަޖަ ޖަނަވާރުންގެ ދަރަޖައަށް ވައްޓާލަނީ. ނަގުލަކާއި ދަޅެއް ނެތީމަ ހިތާމަކުުުުުުުުރަނީ.
    ހަންޑި ފުރޭތައިގެ ދަރަޖައަށް ވެއްޓޭތޯ, ގައިގައި ކެހެރި ހަރުކުރަނީ.
    މި މީހުން މި އުޅޭ ގޮތެއްވާ ލދުގަނޭ އިންސީން

Comments are closed.

%d bloggers like this: