ޚަބަރު ފީތާ

އެމްޓީސީސީ 2 ވަނަ ކްއާޓަރ ގައި 423 މިލިއަން ރުފިޔާގެ އާމްދަނީއެއް، ސާފު ފައިދާ 63 މިލިއަން ރުފިޔާ!

އެމްޓީސީސީ 2 ވަނަ ކްއާޓަރ ގައި 423 މިލިއަން ރުފިޔާގެ އާމްދަނީއަކާއެކު ސާފު ފައިދާ 63 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެ ކުންފުނީގެ ދެވަނަ ކުއާޓާގެ މާލީ ރިޕޯޓު ދައްކާގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި 248 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ. އަދި ސާފު ފައިދާގެ ގޮތުގައި ލިބުނީ 15 މިލިއަން ރުފިޔާ އެވެ.

މިއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރ އާ އަޅާ ބަލާއިރު ހަތަރު ގުނަ އިތުރު އަދަދެކެވެ.

ހަލުވިކަމާއެކު މުޅި ދުނިޔޭގައި ފެތުރެމުްނދާ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމުން އެ ކުންފުނީގެ ގިނަ ޕްރޮޖެކްޓުތަކެއްގެ މަސައްކަތް ފައިބެއަހަރު ވަނީ ހުއްޓާލާފަ އެވެ. މީގެ ނަތީޖާއަކަށް ވީ ފައިބެއަހަރުގެ ދެވަނަ ކުއާޓަރގައި އެމްޓީސީސީގެ އާމްދަނީ އާއި ފައިދާ ދަށް ވުމެވެ.

ގިނަގުނަ ގޮންޖެހުންތަކާ އެކު ވެސް މިދިޔަ އަހަރު ރެކޯޑު އަދަދެއްގެ ފައިދާ އެމްޓީސީސީން ވަނީ ހޯދާފަ އެވެ.

އެގޮތުން މިދިޔަ އަހަރު އެމްޓީސީސީގެ ސާފު ފައިދާގެ ގޮތުގަައި 191 މިލިއަން ރުފިޔާ ލިބުނެވެ. އޭގެ ކުރީ އަހަރު ފައިދާގެ ގޮތުގައި ލިބުނީ 53 މިލިއަން ރުފިޔާ އެވެ.

Like
Like Love Haha Wow Sad Angry

ޚިޔާލު 1 on "އެމްޓީސީސީ 2 ވަނަ ކްއާޓަރ ގައި 423 މިލިއަން ރުފިޔާގެ އާމްދަނީއެއް، ސާފު ފައިދާ 63 މިލިއަން ރުފިޔާ!"

  1. ONLY 15%. WHAT A BIG JOKE.

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.