ޕާކިސްތާނު ސަރުކާރުން ތޯލިބާނުންނަށް ވާގިވެރިވާ ކަމަށް އަފްގާނިސްތާނުން ތުހުމަތު ކޮށްފި
އަފްގާނިސްތާނުގައި އަތް ގަދަ ކުރަމުންދާ ތޯލިބާން ޖަމާއަތަށް ޕާކިސްތާނު ސަރުކާރުން އެހީތެރިވެ ތާއީދު ކުރާ ކަމަށް އެ ގައުމުން ތުހުމަތު ކޮށްފި އެވެ.
އަފްގާނިސްތާނުގެ ނައިބު ރައީސް އަމްރުﷲ ސޯލިހު ވިދާޅުވީ ޕާކިސްތާނުން ތޯލިބާނުންނަށް ތާއީދު ކުރުމުގެ އިތުރުން އެ ގައުމުގެ އަސްކަރިއްޔާއަށް ތޯލިބާނުންނާއި ދެކޮޅަށް ހަނގުރާމައަށް ނުކުންނޤތީ އިންޒާރު ދެމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ ޕާކިސްތާނުގެ ވައިގެ ސިފައިން ރަސްމީ ގޮތުން އިންޒާރުގެ ބަޔާނެއް ނެރެފައިވާ ކަމަށެވެ.
އެ ބަޔާނުގައި ވަނީ ވަކި ސަރަހައްދުތަކެއްގައި ތޯލިބާނުންނާއި ދެކޮޅަށް ނުކުންނަ އަފްގާން ސިފައިންނަށް ޕާކިސްތާނުން ހަމަލާދޭނެ ކަމަށް ކަމަށެވެ.
އޭނާ ވިދާޅުވީ ތޯލިބާނުންނާއި ޕާކިސްތާނުގެ އިންޒާރަށް އެ ގައުމުގެ އަސްކަރިއްޔާއިން ނުބަލާނެ ކަމަށެވެ. އެގޮތުން ނިމްރޯޒްގެ ޑިސްޓްރިކްޓެއް އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އަދި އެ ޑިސްޓްރިކްޓުގައި އެމީހުންނާއި ހަނގުރާމަ ކުރި ހުރިހާ ތޯލިބާނުން މަރާލާފައިވާ ކަމަށް ބުންޏެވެ. އެ ހަނގުރާމައަށް ދިޔައީ215 ސިފައިން ކަމަށާއި ހަނގުރާމައިގަ ހޯދި ކާމިޔާބީގެ އިތުރުން މިދިޔަ ހަފްތާގައި ގެއްލުނު10 އަސްކްރީ އޮފިސަރަކު އެ ތަނުން ހޯދާފައިވާ ކަމަށެވެ.