އިރާޤްގެ ކޮވިޑް ފެސިލިޓީއެއްގައި އަލިފާން ރޯވެ އެތައް ބަޔަކު މަރުވެއްޖެ

އިރާޤްގެ ކޮވިޑް އައިސޮލޭޝަން ފެސިލިޓީއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 64 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.

އެޤައުމުގެ ރަސްމީ ނޫސް އެޖެންސީ (އައި.އެން.އޭ) އާއި ހަވާލާދީ ބޭރުގެ ބައެއް މީޑީއާތަކުގައި ބުނެފައި ވަނީ، މިއީ ފާއިތުވި 3 މަސް ތެރޭގައި އެޤައުމުގައި ކޮވިޑް ފެސިލިޓީއެއްގައި އަލިފާން ރޯވި ދެވަނަ ފަހަރު ކަމަށެވެ. އިރާޤްގެ ދެކުނުގައި އޮންނަ ނާސިރިއްޔާ ސިޓީގެ އަލް ޙުސައިން ޓީޗިންގ ހޮސްޕިޓަލްގައި ހޯމަދުވަހު ހިނގި މި ހާދިސާގައި 100 އަށް ވުރެ ގިނަ މީހުން ޒަޚަމް ވެފައިވާ ކަމަށް ސިއްޙީ އޮފިޝަލުން ހާމަކޮށްފައިވެއެވެ. އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވަނީ ސަލާމަތީ ބާރުތަކުންނެވެ.

އިޝްތިހާރު Below Header ad

ހޮސްޕިޓަލްގެ ބައެއް ފަރާތްތަކުން މީޑީއާތަކަށް މަޢުލޫމާތު ދީފައިވާ ގޮތުގައި، އަލިފާން ރޯވެފައިވަނީ އޮކްސިޖަން ޓޭންކުތައް ގޮވުމުގެ ސަބަބުންނެވެ. އެހެންނަމަވެސް ސިއްޙީ ވުޒާރާގެ ތަރުޖަމާނު ޑރ. އައްމާރު އައްޒަމީލީ މީޑީއާތަކަށް މާޢުލޫމާތު ދެއްވަމުން ބުނެފައި ވަނީ، އަލިފާން ރޯވެފައިވަނީ ކަރަންޓު ނަރަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށް ލަފާ ކުރެވޭ ކަމަށާއި، ތަހުގީގު މިހާރު ކުރިއަށްދާ ކަމަށެވެ.

ބެލެވޭ ގޮތުގައި އަލިފާންގަނޑު ބޮޑަށް ފެތުރިފައި ވަނީ އަލިފާން ރޯވުމުން ވޯޑްގައި ހުރި އޮކްސިޖަން ޓޭންކުތައް ގޮވުމުގެ ސަބަބުންނެވެ. އަދި އަލިފާނާއެކު ބޯ ދުމުގެ ސަބަބުން އެވަގުތު މީހުންނަށް ސަލާމަތްވާން ދަތިވި ކަމަށާއި، އެވޯޑުގައި އަލިފާން ނިވަން ބޭނުންކުރާ އާލާތްތައް ނެތްކަމަށްވެސް ބައެއް އޮފިޝަލުން ވަނީ ރިޕޯޓު ކޮށްފައެވެ.

ޒަޚަމްވި މީހުންގެ ތެރެއިން ގިނަ މީހުންގެ ހާލު ސީރިއަސް ކަމަށާއި، އަދި މީހުން ހޯދުމުގެ މަސައްކަތް އިތުރަށް ކުރިއަށްދާއިރު މަރުވި މީހުންގެ ޢަދަދު އިތުރު ވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

iraq hospital grab 1

އަލިފާން ރޯވެފައި ވަނީ 3 މަސް ކުރިން ހުޅުވި 70 އެނދުގެ ޖާގަ ހުންނަ އައު ފެސިލިޓީއެއްގައެވެ. މަރުވި މީހުންގެ ތެރޭގައި ސިއްޙީ 2 ހިދުމަތްތެރިންނާއި ސެކިއުރިޓީ ގާޑެއްވެސް ހިމެނޭ ކަމަށް އޮފިޝަލުން ވަނީ މަޢުލޫމާތު ދީފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.